overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ދެވަނަ ދައުރެއްގައި ކަރަންޓާއި ފެނުގެ އަގު ހެޔޮ ކޮށްދޭނަން: ރައީސް ޔާމީން

Sep 19, 2018
10

ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި ފެނާއި ކަރަންޓުގެ އަގު ހެޔޮކޮށްދެއްވާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވައުދުވެވަޑައިގެންފި އެވެ.

ޕީޕީއެމް އިން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފެން ކުންފުނީގެ ހިއްސާ ބޭރު ފަރާތްތަކަށް ވިއްކާލުމުން ދިވެހި ސަރުކާރަށް ދަތި ހާލެއްގައި އުޅެން ޖެހިފައިވާ ކަމަށެވެ. ނަމަވެސް އެ ހާލުގައި ވެސް ރާއްޖޭގައި ފުރަތަމަ ފަހަރަށް މާލެއާ އެއްވަރަށް އަތޮޅުތަކުގައި ފެނާއި ކަރަންޓުގެ އަގު އެއްވަރުކޮށްދީފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެ އަގު އެއްވަރުކޮށްލުމާއެކު ސަބްސިޑީގެ ގޮތުގައި ސަރުކާރުން ފެން ކުންފުންޏަށް ފައިސާތަކެއް ދައްކަން ޖެހޭ، އެއްބަސްވުމުގައިވާ ގޮތުން ސާފު ފައިދާ ރޭޓް އޮފް ރިޓާންގެ ގޮތުގައި 12 ޕަސަންޓު އެބަ ލިބެން ޖެހޭ، 12 ޕަސަންޓަށް ވުރެ ކުޑަ ރިޓާންއެއް ލިބޭ ކަމަށް ވަންޏާ އެ ފަރަހު އަޅުގަނޑުމެންގެ ސަރުކާރުން ދައްކަން ޖެހޭ، 12 ޕަސަންޓަށް ވުރެ ރިޓާން ކުޑަވެގެން ދާނެ މިހާރު ވިއްކާ އަަގަށް ފެން ވިއްކައިފި ކަމަށް ވަންޏާ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެ ހާލަތުން އަރައިގަތުމަށް ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި ފެން ކުންފުނީގެ މެޖޯރިޓީ ހިއްސާ ގަންނާނެ ކަމަށާއި އެއަށް ފަހު ރައްޔިތުންނަށް ލިބޭ ފެނުގެ އަގު މިހާރަށް ވުރެ ކުޑަ ކުރައްވާނެ ކަމަށެވެ. އޭގެ އިތުރުން ހުރިހާ ރަށެއްގައި ހައިބްރިޑް ސިސްޓަމެއް ގާއިމްކޮށް، އިއާދަކުރަނިވި ހަކަތައިން 50 ޕަސަންޓު ކަރަންޓު ހޯދާނެ ކަމަށާއި އެއާއެކު ކަރަންޓުގެ އަގު ވެސް ހެޔޮކޮށްދެއްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެކަން ކުރާނެ ގޮތް މި ދަންނަވަނީ، މިހާރު ވެސް އަޅުގަނޑުމެން އިއާދަ ކުރަނިވި ހަކަތައިން ރާއްޖޭގެ ބޮޑެތި ރަށްރަށުގައި ޕީކް ގަޑީގައި 30 ޕަސަންޓު އެނާޖީ އެބަ ހޯދަން އައްޑޫ އަތޮޅު ހިތަދޫއަކީ އޭގެ މިސާލެއް، އަޅުގަނޑުމެންގެ ބައެއް ރިސޯޓުތަކުން މުޅިން އިއާދަކުރަނިވި ހަކަތައިން ހިނގާ ރިސޯޓުތައް އެބަ ހުރި، ފަސް އަހަރުގެ ތެރޭގައި ކޮންމެ ރަށެއްގައި ހައިބްރިޑް ސިސްޓަމެއް ގާއިމް ކުރާނަން،" ރައީސް ވިދާޅުވި އެވެ.

ދިރާގުގެ ބޯޑުގައި އެތަށް ދުވަހެއް މަސައްކަތް ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން ރައީސް ޔާމީން ވިދާޅުވީ އޭރު ގިނަ މަސައްކަތްތަކެއް ބޯޑުގެ ބޮޑު އަގުލަބިއްޔަތެއް ސަރުކާރަށް ހޯދައިދިނުން ކަމަށާއި މަގާމުން ވަކިވިއިރު ބޯޑުގެ 55 ޕަސަންޓަކީ ދިވެހި ސަރުކާރުގެ ހިއްސާއެއް ކަމަށެވެ. ނަމަވެސް ރައީސް ނަޝީދުގެ ސަރުކާރުން އެ ކުންފުނީގެ ހިއްސާއިން ވެސް ހަތް ޕަސަންޓު ބޭރު ފަރާތްތަކަށް ވިއްކާ ސަރުކާރުގެ އަގުލަބިއްޔަތު ގެއްލުވާލި ކަމަށެވެ. އެއީ އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ބޭފުޅަކު ރައީސް ނަޝީދާ މަޝްވަރާ ކުރުމަށް ފަހު، އެންމެ 44 މިލިއަން ޑޮލަރަށް ވިއްކާލި ކަމަށާއި އެއީ ދެ އަހަރުގެ ފައިދާ އިން ދިވެހި ސަރުކާރަށް ދޭ ލާރީގެ އަދަދު ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"މިއަދު އެއްކަލަ ހަތް ޕަސަންޓު އެ މީހުންނަށް ވިއްކާލީ މަ އޭގެ ނަތީޖާއަކަށް މިހާރު ކޮންމެ އަހަރަކު ލިބޭ ފައިދާ އިން 55 މިލިއަން ނުލިބި މި ދަނީ، މިވަރުގެ ވިޔަފާރި ކުރާ ބައެއް މިއީ، އެހެންވެ އެ ކޮށްލި އެންމެ ކުޑަ ކުޑަ ކަމަކުން ދިރާގުން ލިބެންވާ ފައިދާ އިން މިދަނީ ކޮންމެ އަހަރަކު 55 މިލިއަން ގެއްލެމުން،" ރައީސް ޔާމީން ވިދާޅުވި އެވެ.