overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިބޫއަކީ "ކޯލިޝަން ކޭކު" ފަޅަން ވަޅި ހިފަހައްޓާ މީހާ: ރައީސް

އިދިކޮޅު އިއްތިހާދަށާއި އެ އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އިން މިރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ މަނިފެސްޓޯގައިވާ ގޮތުން ހަތަރު ލީޑަރުންގެ ހެކިވާ އެއްބަސްވުމެއް ރައްޔިތުންގެ މަޖިލީހުގައި ފާސް ކުރަން ޖެހޭނެ ކަމަށް ބުނާ ކަމަށާއި އެކަމުން ވެސް ދައްކުވައިދެނީ ހަތަރު ލީޑަރުން އެއްބަޔަކު އަނެއް ބަޔަކަށް އިތުބާރު ނުކުރާކަން އެ މެނިފެސްޓޯއިން އިއުތިރާފްވާ ކަމަށެވެ.

އެ އެއްބަސްވުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެން ގާނޫނީ ހައިސިއްޔަތެއް ލިބޭ ގޮތަށް ފާސް ކުރާއިރު އެ އެއްބަސްވުމުގައި ސޮއިކޮށްލުމުގެ ހައްގު ވެސް އިބޫއަށް ލިބިވަޑައި ނުގަންނަވާ ކަމަށާއި އެމްޑީޕީގެ ފަރާތުން ސޮއިކޮށްފައި ވަނީ ވެސް އެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އޭގެން ވެސް އެނގިގެން ދަނީ އިދިކޮޅު ކޯލިޝަން އިން ނިކުންނަނީ ހަތަރު ލީޑަރުން ބުނާ ގޮތަކަށް "ކޭކު ފޮތި" ފަޅާލުމަށް ވަޅި ހިފަހައްޓާ މީހެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ރައީސް ޔާމީން އަކީ ސިންގަލް ކެންޑިޑޭޓެއް، އެންމެ ޝަހުސެއް، ނަމަވެސް އިދިކޮޅު ކޯލިޝަން އިން ނިކުންނަނީ ހަތަރު ލީޑަރުންގެ ބަސް ގަބޫލުކޮށް އެ ހަތަރު ލީޑަރުން ބުނާ ގޮތަކަށް ހަމައެކަނި ކޭކުފޮތި ފަޅާލުމަށްޓަކައި ވަޅި ހިފަހައްޓާ މީހެއް،" އިބޫއަށް ފާޑު ވިދާޅުވަމުން ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު މި ވާހަކަ ދެއްކެވީމަ ބައެއް ބޭފުޅުން ބުނާނެ އަޅުގަނޑު ސަމާސާ ކުރަނީއޭ، ނަމަވެސް މިއީ މިކަމުގެ ހަގީގަތް، އެއީ ފިކުރެއް ކަމަށްވަންޏާ އެ ފިކުރުގެ މަތީގައި އެ ބޭފުޅުން ހިންގަވަން ޖެހޭނީ އެ ބޭފުޅުންގެ އިސް މީހުން ބުނާ ގޮތަށް، އެކަމެއް އިބްރާހިމް މުހައްމަދު ސޯލިހަކަށް ނުކުރެވޭކަން މިއަދު އަޕްލޯޑުކޮށްފައިވާ މެނިފެސްޓޯއިން އެ ދައްކުވައިދެނީ،" ރައީސް އިތުރަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ޖަޒީރާ ކޮންސެޕްޓްއަށާއި އިދިކޮޅު ސިޔާސަތުތަކަށް އެމަނިކުފާނު ފާޑު ވިދާޅުވަމުން ގެންދަވާތީ އިދިކޮޅު ފަރާތްތަކުން މިހާރު ޖަޒީރާގެ ވާހަކައެއް ނުދައްކަވާ ކަމަށެވެ. އަދި ސެކިއުލާ ނިޒަމަކަށް ޖާގަ ދޭން ބޭނުންވާ ކަމަށް ކުރިން ވިދާޅުވާ ކަމަށާއި ނަމަވެސް އާ މެނިފެސްޓޯގައި އެ ވާހަކަ ވެސް ހިމަނާފައި ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ނަމަވެސް އަދާލަތުން ބޭނުންވާ ކަންކަމެއް އެ މެނިފެސްޓޯގައި ނުހިމަނާ ކަމަށާއި އެ ފަރާތްތަކުގެ ނިޔަތް ރަނގަޅެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.