overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިބޫ، ފައިސަލްގެ ފަހު މަންޒިލަކަށް، ފުވައްމުލަށް އަދި އައްޑޫ!

Sep 19, 2018
10

ގުޅިފައިފާ އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އެމަނިކުފާނުގެ ރަނިން މޭޓް ފައިސަލް ނަސީމް ކުރައްވާ ކެމްޕެއިން ދަތުރުފުޅުތަކުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ފުވަމުލަކު ސިޓީ އާއި އައްޑޫ ސިޓީއަށް ފުރާވަޑައިގަތުމަށް ނިންމަވައިފި އެވެ.

ކެމްޕެއިންގެ އެންމެ ފަހު ދަތުރުޕުޅުތަކު ތެރެއިން މިއަދު ހަވީރުގެ ވަގުތެއްގައި އިބޫ އާއި ފައިސަލް، ފައިސަލްގެ އުފަން ރަށް، ފުވަމުލަކު ސިޓީއަށް އެކުގައި ފުރާވަޑައިގަންނަވާނެ އެވެ. އިބޫ އާއި ފައިސަލް ފުވައްމުލަކު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ފަހުގައި މިރޭ އެ ސިޓީގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އިންތިހާބަށް ތިން ދުވަހަށް ވެފައި އޮތް އިރު، މާދަމާ ހެނދުނުގެ ވަގުތެއްގައި އިބޫ އާއި ފައިސަލް، ކެމްޕޭންގެ ފަހު މަންޒިލެއްގެ ގޮތުގައި އައްޑޫ ސިިޓީއަށް ވަޑައިގަންނަވާނެ އެވެ. އަދި ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ފަހު އައްޑޫ ސިޓީގައި ވެސް ބޮޑު ޖަލްސާއެއް ބޭއްވުމަށް އިދިކޮޅު ޕާޓީތަކުން ވަނީ ނިންމައިފަ އެވެ. އިބޫ ކެމްޕޭން ފެއްޓެވީ ވެސް އައްޑޫ އާއި ފުވައްމުލަކުން އެވެ. ނިންމާލައްވަނީ ވެސް އެދެ ރަށުން އެވެ. އައްޑުއަކީ އަބަދުވެސް އިދިކޮޅު ފަރާތްތަކަށް ތާއީދު ބޮޑު ސިޓީއެކެވެ.

ފުވަމުލަަކާއި އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ފަހު އިބޫ ކެމްޕެއިން ދަތުރުފުޅުތައް ނިންމަވާލާ، އެނބުރި މާލެ ވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހުގަ އެވެ. ރިޔާސީ އިންތިހާބު އޮންނާނީ އަންނަ އާދީއްތަ ދުވަހު އެވެ. އޭގެ ކުރިން ހޮނިހިރު ދުވަހުގެ ރޭ ރެލީއެއް ބޭއްވުމަށް އެމްޑީޕީ އިން ވަނީ ކާނިވާ ސަރަހައްދު މިހާރުވެސް ހޯދައިފަ އެވެ.

އިބޫ އާއި ފައިސަލް މިހާތަނަށް ވަނީ ރާޢްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވާ ޖަލްސާތައް ބާއްވައިފަ އެވެ. އެގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ 180 އަށް ވުރެ ގިނަ ރަށަށް އިބޫ އާއި ފައިސަލް ވަނީ ވަޑައިގެންފަ އެވެ. އިބޫ އާއި ފައިސަލް ވަޑައިގަންނަވާ ކޮންމެ ރަށެއްގައި ވެސް ވާހަކަފުޅު ދައްކަވަމުން އެ ރަށަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފުއްދައިދިނުމަށާއި އެކި ވައުދުތައް ވެވަޑައިގަންނަވަ އެވެ. އިބޫ ވިދާޅުވަނީ އެ ދަތުރުތަކުން ގިނަ ކަންކަން އެނގިއްޖެ ކަމަށާއި ރައްޔިތުން ތިބީ ރައީސް ޔާމީންގެ އަނިޔާވެރި ސަރުކާރު ނިންމައި އަމާން ބަނދަރަކަށް ދިޔުމަށް ކަމަށް
އިބޫ ވަނީ ވިދާޅުވެފަ އެވެ.