overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ސިނާންގެ އާދޭސް: ހެދުނު ގޯސް ރަނގަޅުކުރަން އިބޫއަށް ވޯޓް ދެއްވާ

Sep 19, 2018
6

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެންނަން ތާއީދު ކުރައްވައި އެކަމަށް މަސައްކަތް ކުރެއްވުނީތީ މާފަށް އެދިވަޑައިގަންނަވާ ކަމަށާއި އެ ގޯސް ރަނގަޅު ކުރަން އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް ވޯޓް ދެއްވުމަށް މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު، އަބްދުﷲ ސިނާން އޭނާގެ ދާއިރާގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފި އެވެ.

އެކެއް ފެބުރުއަރީގެ ސުޕްރީމް ކޯޓްގެ އަމުރަށް ފަހު، ޖަލުގައި ބަންދުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ސިނާން މިއަދު އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ، މިއަދު ތަޖްރިބާ މި ކުރަނީ މީގެ ފަސް އަހަރު ކުރިން، ރައްޔިތުން ލީ ވޯޓުގެ ހިތިރަހަ ކަމަށެވެ. ސިނާން ވިދާޅުވީ މައްޗަށް ގޯޅީ ރައްޔިތުންގެ ކިބައިން، "މި ރައީސް"އަށް ވޯޓް ލުމަށް އެދިވަޑައިގެންނެވީ ދާއިރާގެ ރައްޔިތުންނަށް އުފާވެރިކަމާއި އުންމީދާއި ހިތްހަމަ ޖެހުމުން ފުރިގެންވާ ފާގަތި ދުވަސްތަކެއް ހޯދައިދެއްވުމުގެ މަތިވެރި މަގުސަދުގައި ކަމަށެވެ. އެހެން ނަމަވެސް، މި ސަރުކާރުން އަނިޔާވެރިކަން މަޖަލަކަށް ހަދައި، ހިޔާނާތާއި ވައްކަމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ހަދައި ބޭއިންސާފަކީ އުފަލަކަށް ހަދާފައިވާ ކަމަށް ސިނާން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އޭގެ ނަތީޖާއަކަށް ވަނީ ނިކަމެތި އެތައް ރައްޔިތުންނެއް މި ރަހުމު ކުޑަ ސަރުކާރުގެ އަނިޔާގެ ޝިކާރައަކަށްވެ ބިރުވެރިކަމެއްގެ ތެރެއަށް ރައްޔިތުން ވެއްޓިފައިވުމެވެ.

"ހާމަކަން ބޮޑުގޮތެއްގައި އޮޅުވާލުމައި ދޮގުހެދުމަކީ ސަރުކާރުގެ ސިޔާސަތައްވެއްޖެއެވެ. މުނާފިގުންނާއި ޢައްދާރުން އިއްޒަތްތެރިންނަށްވެ، އިހުލާސްތެރިންނާއި ތެދުވެރިން ދޮގުވެރިންނަވެ ސިއްކަޖެހިއްޖެއެވެ. ދިވެހި ދައުލަތުގެ މަތިފުއް ދަށައްޖެހި، ދައްފުއް މައްޗަށް ޖެހި ދައުލަތް ހިމުންވެ ފުނޑު ފުނޑު ވެއްޖެއެވެ،" ސިނާންގެ ބަޔާނުގައިވެ އެވެ.

އަޅުގަނޑު އެދެނީ، 23 ސެޕްޓެމްބަރ ވާ އާދީއްތަ ދުވަހު، ވީ އެންމެ ހެނދުނަކާ ތެދުވެވަޑައިގެން ގުޅިފައިވާ އިއްތިހާދުގެ ކެނޑިޑޭޓް، ކެންޑިޑޭޓް ނަންބަރު 2، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ރަނިންމޭޓް ފައިސަލް ނަސީމަށް ވޯޓު އެޅުމެވެ. އަދި ވޯޓުގެ ނަތީޖާ ގުނާ އިއުލާން ކުރަންދެން، ދާއިރާއައް ނިސްބަތްވާ ވޯޓު ފޮށިތަށް ކައިރިން ދުރަށް ނުގޮސް، ފާރަވެރިކަމާއި ހުޝިޔާރުކަންމަތީ ލޮލާއި ކަންފަތް ފިސާރި ރަނގަޅަށް ހުޅުވައިގެން، ވޯޓުގެ ނަތީޖާ އޮޅުވާލުމަށް އެއްވެސް ފުރުސަތެއް ނުދެއްވާ ސާބިތު ތިއްބެވުމެވެ.
އަބްދުﷲ ސިނާން - މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު

އޭނާ ވިދާޅުވީ މީގެ ފަސް އަހަރު ކުރިން ހެދުނު ގޯހުގެ ސަބަބުން، އަނިޔާވެރިކަމުގެ ޝިކާރައަކަށް އެންމެ ފަހުން އޭނާ ވެސް ވެއްޖެ ކަމަށެވެ. އެހެން ނަމަވެސް އޭނާއަށް ލިބޭ އަނިޔާއަކީ ގައުމުގައި އެތައް ދުވަހެއް ވަންދެން ވެރިކަން ކުރެއްވި މިހާރުގެ މުސްކުޅި އުމުރުފުޅުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އާއި އާއިލާއަށް ލިބެމުންދާ އަނިޔާ އާއި ވޭނާއި ހިތްދަތިކަމާ ބަލާއިރު އެއްވެސް ކަމެއް ނޫން ކަމަށެވެ. ސިނާން ވިދާޅުވީ އޭނާއަށް ހެދުނު ގޯހުގެ އަގު ދައްކަމުން ދަނީ ފުރާނައިން ކަމަށާއި އޭނާގެ އަޑު އަބަދަށް ކަނޑާލުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ. އެހެން ނަމަވެސް ސިނާން ވިދާޅުވަނީ އޭނާ ހުންނެވީ އނިޔާގެ ކުރިމަތީގައި އެންމެ ތަންކޮޅެއް ވެސް ދޫކުރާ ގޮތަކަށް ނޫނެވެ.

"މި އަނިޔާވެރިކަމާއި ބޭއިންސާފުގެ ކުރިމަތީ އަޅުގަނޑު ހިތްވަރު ކުރާނަމެވެ. ތިޔަލޮބުވެތި ރައްޔިތުންގެ ހައްގު ހޯދުމަށް އަޅުގަނޑު މިކުރާ މަސައްކަތުގައި ދެގޮތެއްނުވެ ސާބިތުވެ ހުންނާނަމެވެ. އަނިޔާވެރިކަމާއި ބޭއިންސާފުގެ ކުރިމަތީ ދުވަހަކުވެސް ކަނދުރާ ތިރި ނުކުރާނަމެވެ،" ސިނާންގެ ބަޔާނުގައިވެ އެވެ. "އަދުގެ މިވަގުތުގައި އަނިޔާއާ މި ކުރިމަތިލަނީ އަޅުގަނޑެވެ. އަޅުގަނޑުގެ އަޑު އަބަދަށް ކަނޑާލުމަށް ފަހު ދެން އަނިޔާވެރިކަމުގެ ޝިކާރައަކަށް ވާނީ ކާކު ހެއްޔެވެ؟ އެކަމުގެ ޝިކާރައަކަށް ވާނީ ތިޔަ ލޮބުވެތި ރައްޔީތުންގެ ލޯބިވާ ބައްޕަ އިންނާއި ބޭބެއިންނެވެ. ލޯބިވާ ކޮއްކޮ އިންނާއި ދައްތައިންނެވެ. ލޯބިވާ ފިރިންނާއި ދެލޯ ފަދަ ދަރީންނެވެ،"

ބަޔާނުގައި ސިނާން ވިދާޅުވީ، މި އަނިޔާވެރިކަމާއި ބޭއިންސާފަށް ކެރިގެން ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ. އަދި މައްޗަން ގޯޅީގެ އެއްވެސް ރައްޔިތަކު އަނިޔާގެ ޝިކާރައަކަށް ވާތަން ބެލުމަކީ އޭނާގެ ހިތަށް ކުޅަދާނެވާވަރުގެ ކަމެއް ނޫން ކަމަށް ވެސް ސިނާންގެ ބަޔާނުގައި ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން އަންނަ އާދިއްތަ ދުވަހު އަނިޔާއަށް ނޫނެކޭ ބުނުމުގެ ގޮތުން އޭނާގެ ދާއިރާގެ ހުރިހާ ރައްޔިތުން ވެސް ވީހާ ވެސް ހެނދުނަކާ ނުކުމެ ވޯޓްލާ ވޯޓްގެ ނަތީޖާ އިއުލާން ކުރަން ދެން އެކަމަށް ސަމާލުވެ ތިބުމަށް ސިނާން ދާއިރާގެ ރައްޔިތުންގެ ކިބައިން އާދޭހާ އެކު އެދިވަޑައިގަތެވެ.

"އަޅުގަނޑު އެދުމަކީ އަދި އިލްތިމާސްއަކީ، ހުރިހާ ދިވެހި ރައްޔީތުން، ހާއްސަކޮށް މައްޗަންގޯޅި ދެކުނުގެ ރައްޔީތުން އަދި އަޅުގަނޑުގެ ހެޔޮ އެދޭ އަޅުގަނޑުގެ އާއިލާއާއި އެކުވެރިން 23 ސެޕްޓެމްބަރ ވާ އާދީއްތަ ދުވަހު، ވީ އެންމެ ހެނދުނަކާ ތެދުވެވަޑައިގެން ގުޅިފައިވާ އިއްތިހާދުގެ ކެނޑިޑޭޓް، ކެންޑިޑޭޓް ނަންބަރ 2، އަބްރާހިމް މުޙައްމަދު ސޯލިހް (އިބޫ) އާއި ރަނިންމޭޓް ފައިސަލް ނަސީމަށް ވޯޓު އެޅުމެވެ. އަދި ވޯޓުގެ ނަތީޖާ ގުނާ އިއުލާން ކުރަންދެން، ދާއިރާއައް ނިސްބަތްވާ ވޯޓު ފޮށިތަށް ކާރިން ދުރަށް ނުގޮސް، ފާރަވެރިކަމާއި ހުޝިޔާރުކަންމަތީ ލޮލާއި ކަންފަތް ފިސާރި ރަނގަޅަށް ހުޅުވައިގެން، ވޯޓުގެ ނަތީޖާ އޮޅުވާލުމަށް އެއްވެސް ފުރުސަތެއް ނުދެއްވާ ސާބިތު ތިއްބަވަންވާނެއެވެ.23 ސެޕްޓެމްބަރ ވާ އާދިއްތަ ދުވަހު ބޭއިންސާފާއި އަނިޔާވެރިކަމުގެ ޒަމާން ނިމި، ﷲ ގެ އިރާދަފުޅުން ދެން އަލިވިލާނީ އިންސާފާއި، އުފާވެރިކަމާއި، އުންމީދާއި، އަޅާލުމާއި، އޯގާތެރިކަމުގެ މުޅިން މާ އުޖާލާ ފަތިހަކަށެވެ،" ބަޔާނުގައިވެ އެވެ.