overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ސަރުކާރުގެ ކަންކަން ރަނގަޅު ކުރަން ވާހަކަ ދައްކަންވީ އިންތިހާބުގެ ފަހުން: ޝަހީމް

މި ސަރުކާރުގެ ހުރިހާ ކަމެއް ހުރީ އެންމެ ފުރިހަމައަށް ނޫންކަމަށް ގަބޫލުކުރާ ކަމަށާއި އެހެން ނަމަވެސް އެކަންކަން ރަނގަޅުކުރަން މަޝްވަރާކުރަންވީ އިންތިހާބުގެ ފަހުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރަނިންމޭޓް ޑރ މުހައްމަދު ޝަހީމް ވިދާޅުވެއްޖެ އެވެ.

ޝަހީމް ވިދާޅުވީ، މިއަދު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ވެރިޔަކީ އިސްލާމީ ހިޔަލުގައި ގައުމު ތަރައްގީކުރަން ނުހަނު ގިނަ މަސައްކަތްތަކެއް ކުރެއްވުމުގައި ނަމޫނާ ދައްކަވާފައިވާ ވެރިއެއް ކަމަށެވެ. އެހެންކަމުން ގައުމާއި ދީން ކުރިއަށް އޮތްތަނުގައި ވެސް ތަރައްގީކޮށް ބޭރުގެ އިސްތިއުމާރީ ބާރުތަކުން ހިމާޔަތްކުރުމަށް މިއަދު ރައީސް ޔާމީންގެ ފަހަތްޕުޅަށް އެންމެން އަރަންޖެހޭ ކަމަށާއި ރަނގަޅުކުރަންޖެހޭ ކަންކަން ހައްލުކުރަން އިންތިހާބުގެ ފަހުން މަޝްވަރާކުރެވިދާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި މަޝްވަރާކޮށްގެން، ނަސޭހަތްދީގެން ހައްލު ނުކުރެވޭނެ ވަރުގެ މައްސަލަތަކެއް ގައުމުގައި ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ކޮރަޕްޝަނާއި އަނިޔާވެރިކަމުގެ މައްސަލަތައް ނަސޭހަތްތެރިވެގެންނާއި އެންމެން ގުޅިގެން ރަނގަޅު ކުރެވިދާނެ ކަމަށެވެ. އެހެން ނަމަވެސް އެކަންކަން ކުރެވޭނީ ގައުމު ދެމިއޮވެގެން ކަމަށާއި، ގައުމެއް ހެޔޮގޮތުގައި ދެމިއޮންނަން އެންމެ މުހިއްމު ކަންކަމުގެ ގޮތުގައި ހިމެނޭ، ގައުމުގެ ހަމަޖެހުމާއި އިގްތިސޯދާއި އިސްތިގްލާލް ދެމެހެއްޓޭނީ ވަރަށް ވަރުގަދަ ހަރުދަނާ ސިޔާސަތެއްގެ ވެރިއަކަށް ކަމަށާއި ރައީސް ޔާމީން އަކީ އެކަމަށް އެންމެ ގާބިލު ބޭފުޅެއް ކަމަށެވެ. އެހެންކަމުން ޖަޒުބާތުތަކުން އެއްކިބާވެ ހެޔޮވިސްނުން ކުރިއަށް ނެރެންޖެހޭ ވަގުތު އައިސްފި ކަމަށާއި ރައީސް ޔާމީންއާއި އެމަނިކުފާނުގެ މެނިފެސްޓޯ ބަލައިގަންނަންޖެހެނީ އެފަދަ މުހިއްމު އަދި ވާޖިބު ކަންތައްތައް އެ ސިޔާސަތުގައި ހިމެނޭތީ ކަމަށް ވެސް ވިދާޅުވި އެވެ.

"އިންތިހާބުގެ ފަހުން މަޝްވަރާކުރަންވީ ރާއްޖޭގައި ހުރި ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރަން. ކޮންކޮން ކަންތައްތަކެއްކަން ރަނގަޅުކުރަން. ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވަންވީ އިހުލާސްތެރިކަމާއެކު ރައްޔިތުންނާއި އިލްމުވެރިން. އަޅުގަނޑަށް ވިސްނޭ އެއްޗަކީ ރާއްޖެ ތަރައްގީކުރަން ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ވިޝަން،" ޝަހީމް ވިދާޅުވި އެވެ.

އިދިކޮޅު މެނިފެސްޓޯގައި އިސްލާޟްދީނާ ގުޅޭގޮތުން ހުރި ބައެއް ކަންކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ، އިދިކޮޅު އިއްތިހާދުގެ މެނިފެސްޓޯގައި ދީނާ ގުޅޭ ކަންކަމުގެ ގޮތުގައި ހިމަނާފައިވާ ކަންތައްތަކުގެ 99 ޕަސެންޓަކީ ރައީސް ޔާމީން ކޮށް ނިމަވާފައިވާ ކަންތައްތައް ނުތަ ތަރައްގީކުރަމުން ގެންދާ ކަންތައްތައް ކަމަށެވެ.

"އެބޭފުޅުންގެ މެނިފެސްޓޯގައި ނެތް ޒަކާތުގެ ކަންކަން ތަރައްގީކުރާނަމޭ. ތަރައްގީކުރާނެ ކަމެއް ނެތޭ. އަޅުގަނޑު ސްޓޭޓް މިނިސްޓްރަކަށް ހުރުމަށްފަހު އިސްތިއުފާ ދިންއިރު އެމްޑީޕީ ވެރިކަމުގައި މުދަލުގެ ޒަކާތުގެ ގޮތުގައި ލިބެނީ އަހަރަކު 14 މިލިއަން ރުފިޔާ. ރައީސް ޔާމީންގެ ވެރިކަން ނޫނީ ރާއްޖޭގެ ތާރީހުގައި ނާދޭ ޒަކާތް ގިނައި ލިބުނު ސަރުކާރެއް. މިހާރު އަހަރަކު 60 މިލިއަނެއްހާ ރުފިޔާ އެބަ ލިބޭ. އޭގެ މާނައަކީ މީހުންގެ ފުދުންތެރިކަން ބޮޑުވީއޭ. އަޅުގަނޑު އިސްލާމީ މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދިން އިރު ރާއްޖޭގެ ޒަކާތުފަންޑުގައި ހުންނާނެ އެތައް މިލިއަން ރުފިޔާއެއް. އޭގެ ފައިދާ ކުރީ ކޮން ބަޔަކަށް ތޯ. ދިވެހި ލޮބުވެތި ރައްޔިތުންނަށް. އާއިލާތަކަށް، ބޯންމެރޯ ހަދަން ބޭނުންވެފައިތިބި ކުދިންނަށް،" ޝަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީން ހުންނެވީ ބޭރުގެ އިސްތިއުމާރީ ބާރުތަކުން ވަނީ ރައީސް ޔާމީން ވަށާލާފައި ކަމަށް ޝަހީމް ވިދާޅުވި އެވެ. އެހެންކަމުން އެމަނިކުފާނުގެ ކޮޅަށް މިއަދު އަރަންޖެހޭ ކަމަށާއި އެހެންނޫނީ ފަހުން އެމަނިކުފާނު އެކަނިވެވަޑައިގެން އެފަދަ ބާރުތަކާ ހަނގުރާމަކުރާތަން ބަލަންތިބެން ލަދުވެތިވާންޖެހިދާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.