overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިބޫއަށް "ޖެއްސުން" ކުރަން ދިޔަ ޕީޕިއެމް ސަޕޯޓަރުން ފައްސާލައިފި

އައްޑޫ، މީދޫއިން: މޫސާ ރަޝީދު
Sep 20, 2018
12

އައްޑޫ ސިޓީ މީދޫއަށް އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަޑައިގަތުމުން އޭނާއަށް ޖެއްސުން ކުރުމަށް ބަނދަރު ސަރަހައްދަށް ދިޔަ ޕީޕީއެމްގެ ސަޕޯޓަރުން، އެސްއޯ ފުލުހުން ނިކުމެ ފައްސާލައިފި އެވެ.

މިއަދު ހެނދުނު 11:00 ހާއިރު އިބޫ މީދޫ ބަނދަރަށް ފައިބައި ވަޑައިގެން ރަށު ރައްޔިތުންނާ ސަލާން ކުރަމުން ގެންދެވި އިރު، އެ ސަރަހައްދަށް ފިޔާތޮށި ކުލައިގެ ހެދުމުގައި ތިބި ޕީޕީއެމްގެ ސަޕޯޓަރުންތަކެއް ވަނީ އެއްވެފަ އެވެ. އަދި އަޑުގަދަ ކުރާ ބޭނުންކޮށްގެން އިބޫއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ދިޔަ އެވެ. އަދި ޕީޕީއެމްގެ ލަވަތައް ޖަހާ އިބޫގެ ކެމްޕެއިންއަށް ހުރަސް އަޅަމުން ދިޔަ އެވެ.

ނަމަވެސް އިރުކޮޅެއްގެ ތެރޭގައި ގިނަ އަދަދެއްގެ އެސްއޯ ފުލުހުންތަކެއް ވަނީ ބަނދަރު ސަރަހައްދަށް އައިސް އިބޫއަށް ޖެއްސުން ކުރަމުން އައި ޕީޕީއެމްގެ ސަޕޯޓަރުން އެ ސަރަހައްދުން ދުރަށް ޖައްސާ ފައްސާލައިފަ އެވެ.

އިބޫއަށް މަރުހަބާ ކިޔުމަށް ވެސް މީދޫއިން ވަނީ ގިނަ ބަޔަކު ބަނދަރު ސަރަހައްދަށް ނިކުމެފަ އެވެ. އިބޫ ވަނީ އެ ހުރިހާ ފަރާތްތަކާ ސަލާން ކުރައްވާ ވާހަކަ ދައްކަވައިފަ އެވެ. އިބޫއަށް ހޫނު މަރުހަބާއެއް ކިޔުމަށް ފަހު ރައްޔިތުންނާ ބައްދަލުކޮށް ވާހަކަދެއްކެވުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.