overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ނަސްރީނާ ގައުމަށް: ރަހުމެއް ނެތް، މި އަނިޔާވެރިކަން ނިންމާލަދީ

އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް ރައްޔިތުން ނުކުމެ ވޯޓުދީ، އަނިޔާވެރި މި ސަރުކާރު ނިންމާލަދޭން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަބަލުން ނަސްރީނާ އިބްރާހިމް މިއަދު އިލްތިމާސް ކުރައްވައިފި އެވެ.

ނަސްރީނާ މިއަދު އާންމުކުރެއްވި ހާއްސަ މެސެޖެއްގައި ވިދާޅުވީ، ރައީސް މައުމޫން ޖަލުގައި އަށް މަސް ދުވަސް ހޭދަ ކުރައްވާފައިވަނީ އެއްވެސް ކުށެއް ނެތި ކަމަށެވެ. ޖަލުގައި ރައީސް މައުމޫން ހުންނެވިއިރު އަލާސްކަންފުޅެއްގައި އުޅުއްވާތީ ގެއަށް ބަދަލުކޮށްދޭން އާދޭސް ނުދަންނަވާ ކަމާބެހޭ އެއްވެސް މުއައްސަސާއެއް ނުހުންނާނެ ކަމަށް ނަސްރީނާ ވިދާޅުވި އެވެ.

"މުޅި ރޯދަމަހު ހުންނެވީ ޖަލުގަ. ދެ އީދު ހޭދަކުރެއްވީ ޖަލުގަ. ހިޖްރީ އާ އަހަރު ފެށިގެން މިދަނީވެސް ހަމަ ޖަލުގައި ހުންނަވަނިކޮށް. މިހުރިހާ ދުވަސް ޖަލުގައި ހޭދަކުރައްވަމުން އެގެންދަވަނީ އާލާސްކަންފުޅެއްގައިވެސް އުޅުއްވަމުން. މި އާލާސްކަންފުޅުގެ ބާވަތުން، އާއިލާއާއެކު ހުންނަވަން ޖެހިވަޑައިގަންނަވާކަމަށް ތަކުރާރުކޮށް ޑަކްޓަރުންވަނީ ލިޔުންވެސް ދެއްވާފަ،" ނަސްރީނާ ވިދާޅުވި އެވެ.

ނަސްރީނާ ވިދާޅުވީ އެކަމަނާ ގަބޫލު ކުރައްވާ ގޮތުގައި ރައީސް މައުމޫން މި ގައުމަށް ހިޔާނަތްތެރިވެވަޑައިގެންފާނެ ކަމަށް ނުވަތަ ކުށެއް ކުރެއްވިކަން ގަބޫލުކުރާނެ އެއްވެސް ދިވެއްސަކު ނުހުންނާނެ ކަމަށެވެ. މުއައްސަސާތަކަށް އާދޭސް ދެންނެވި ނަމަވެސް މިއަދާ ހަމައަށް އެއްވެސް އެދެވޭ ޖަވާބެއް ލިބިފައެއް ނުވާ ކަމަށެވެ.

"އަޅުގަނޑުމެން މިއުޅޭ ހާލުގައި އުޅޭ އެތައް އާއިލާތަކެއް، އެތައް މައިންބަފައިންނެއް، އެތައް އަނބިންނެއް، އެތައް ދަރިންނެއް، އިންސާފު ނުލިބި އެބަތިބި. އެހެންވީމާ، މިއަދު އަޅުގަނޑު މިއައީ، ތިޔަ ބޭފުޅުންގެ އަރިހަށް، ދިވެހި ރައްޔިތުންގެ އަރިހަށް، މައުމޫނަށް، އަޅުގަނޑުގެ އާއިލާއަށާއި ނުޙައްގުން ޖަލުގައި ތިއްބެވި އެތައް ބޭފުޅުންނަކަށް، އަދި މަޖުބޫރުވެގެން ގައުމު ދޫކުރައްވައި ބޭރުގައި އުޅުއްވަން ޖެހިވަޑައިގެންފައިވާ އެތައް ބޭފުޅުންނަކަށް، އިންސާފު ހޯއްދަވައި ދެއްވުން އެދި، އިލްތިމާސް ކުރުމަށް،" އަސަރާއެކު ނަސްރީނާ ވިދާޅުވި އެވެ.

ކުރީގެ ފަސްޓްލޭޑީ އަދި އިޖުތިމާއީ ގިނަ ހިދުމަތްތަކެއް ކޮށް ދެއްވި ނަސްރީނާ ވިދާޅުވީ އެ ފުރުސަތު ރައްޔިތުންނަށް ލިބޭނީ އަންނަ އާދިއްތަ ދުވަހު ކަމަށާއި އެދުމަކީ އަދި އާދޭހަކީ، އެ ދުވަހު ވީހާއަވަހަކަށް، ވީހާ ގިނަ ރައްޔިތުން ނިކުމެ، މިހުރިހާ ބޭފުޅުން މިނިވަން ކުރުމަށްޓަކައި އަދި މުޅި ގައުމު މި އަނިޔާވެރިކަމުން ސަލާމަތްކުރުމަށްޓަކައި އިބްރާހީމް މުހައްމަދު ސޯލިހަށް ވޯޓު ދެއްވުން ކަމަށެވެ.

ނަސްރީނާ ފުރަތަމަ ފަހަރަށް މީޑިއާއަށް އިންޓަވިއުއެއް ވެސް ދެއްވީ ރައީސް މައުމޫން ހައްޔަރުކުރި ފަހުންނެވެ. އޭގެފަހުން އެކަމަނާ ރައީސް މައުމޫންގެ ހައްގުގައި ބަޔާނެއް ވެސް ނެރުއްވާފައިވެ އެވެ. ނަމަވެސް އާންމުކޮށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިނުގަންނަވަ އެވެ.