overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިބޫގެ ޖަޒީރާ ދަތުރު ނިންމާލަނީ އުއްމީދީ މަންޒަރުތަކުން!

ޖަޒީރާ ދަތުރުގެ ފަހު މަންޒިލެއް ގޮތުގައި އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އެންމެ ފަހު މަންޒިލެއްގެ ގޮތުން އައްޑޫ ސިޓީއަށް މިއަދު ހަވީރު ވަނީ ވަޑައިގެންފަ އެވެ. އޭނާގެ 185 ރަށަށް ކުރެއްވި ދަތުރުގެ ފެށުން އަދި ނިންމުން ވެސް ފާހަގަ ކުރެއްވީ އައްޑޫ ސިޓީ އެވެ. އައްޑޫއަށް އިބޫ ދޭ އަހަންމިއްޔަތުކަން އެ ސިޓީއިން އަނބުރާ ދިނީ ވަރަށް ފޯރިގަދަ، ހޫނު މަރުހަބާ އާއި ޝުކުރުގެ ބަސްތަކުންނެވެ.

މުޅި ފޭދޫ އޮތީ ރަން ރީންދޫ ކުލައިން ދިއްލާލައިފަ އެވެ! އެންމެން ތިބީ ޖަޒީރާ ރާއްޖެ ލިޔެފައި ހުރި ޓީޝާޓު ލައިގެނެވެ. އިބޫ އާއި އޭނާއާއެކު ވަޑައިގަންނަވާ ވަފުދު ހުންނެވި ލޯންޗުކޮޅު ބަނދަރާ ކަައިރި ކުރާ ވަރަކަށް ފޯރީގެ އަޑު ދިޔައީ ގަދަވަމުންނެވެ. އިބޫ ފޭދޫއަށް އެރުމާއެކު ޒުވާނުންތަކެއް ޖަޒީރާ ލަވަަތައް ކިޔާ، އައްޑޫ ރައްޔިތުން އޭނާއާއެކު ފޮޓޯ ނަގާ މާބޮނޑިތައް ހަދިޔާ ކުރަމުންް ދިޔަ އެވެ.

އިބޫއަށް މަރުހަބާ ކިޔުމަށް އެތަށް 100 ބަޔަކު ތިއްބެވެ. އިބޫއާއެކު ސަލާން ކުރުމަށް ހަދާލާފައިވާ ސަފުތައް ފޭދޫ ބަނދަރުން ފެށިގެން ބޮޑު މަގުން ރަށުގެ އެންމެ ކޮޅާ ޖެހެންދެއް ދަމާލާފައި އޮތެވެ. އިބޫ ސަލާން ކުރަމުން ގެންދެވި އިރު ރަށުގެ ގިނަ ޒުވާނުންތަކެއް ނިކުމެ އަތް ގުޅާލައިގެން މަގުން ދިޔަ އެހެން މީހުންގެ ކިބައިން އިބޫއަށް އުނދަަގޫ ނުވާނެ ގޮތަށް އެ ތަން ބަލަހައްޓަމުން ދިޔަ އެވެ.

"މުޅި އައްޑޫ ސިޓީ މިއޮތީ ޖަޒީރާ ބަދަލަކަށް ބޭނުންވެފައި، ދެން ނިންމާނީ އިބޫ ހޮވާފައި،" އިބޫއަށް މަރުހަބަ ކިޔަން އައިސް ޒުވާނަކު ފޯރީގައި ބުންޏެވެ.

އައްޑޫ ސިޓީއިން އިބޫއަށް ހޫނު މަރުހަބާއެއް ކިޔާފައިވާ އިރު ޖަޒީރާ ދަތުރުގެ ފުރަތަމަ އަދި ފަހު މަަންޒިލަކަށް އައްޑޫ ވެގެން ދިޔަ ސަބަބު ވެސް އިބޫ ވަނީ މީދޫގައި ވާހަކަ ދައްކަވަމުން ވިދާޅުވެފަ އެވެ. އިބޫ ވިދާޅުވި ގޮތުގައި އޭނާގެ ކެމްޕެއިންގެ ފުރަތަމަ އަދި ފަހު މަންޒިލަކީ އޭނާގެ ސަރުކާރެއްގެ ސިޔާސަތުގައި އައްޑޫއަށް ދޭނެ މުހިންމުކަން ދައްކުވައިދޭ، ފުރިހަމަ މިސާލެކެވެ.

އިބޫ އައްޑޫ ސިޓީ ރައްޔިތުންނާ ބައްދަލު ކުރުމަށް މިރޭ ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. އެ ޖަލްސާގައި ޖަޒީރާ މެނިފެސްޓޯގައި އައްޑޫ ސިޓީއަށް އޮތް ޕްލޭން ހާމަ ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.