overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އުންމީދު އާ ވެއްޖެ، ލީޑަރުންނާ ބައްދަލުވާ ދުވަަސް ގާތްވެއްޖެ: އިބޫ

ރާއްޖޭގެ ހުރިހާ ރަށަކަށް ކުރެއްވި ދަތުރު ނިންމަވާލައްވަނީ ފޮނި އުންމީދުތަކާއެކުގައި ކަމަށާއި ކުށެއް ނެތި ބަންދުގައި ތިއްބެވި ފަރާތްތަކާ ބައްދަލުވުމުގެ ދުވަސް ވަރަށް ގާތްވެފައިވާ ކަމަށް އިދިކޮޅު އިއްތިހަދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

"ޖަޒީރާ ކެމްޕެއިން"ގެ ދަތުރު ނިންމަވާލައްވަމުންް އައްޑޫ ސިޓީގައި މިރޭ ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ އޭނާ މިއަދު ކުރެއްވި ދަތުރުތަކުގައި ހުރިހާ ރަށަކުން ވެސް އެދެނީ އެންމެ ކަމަކަށް ކަމަށާއި އެއީ އިންސާފު ނެތް ކަމާއި ވައްކަމާއި ކޮރޮޕްޝަން ފެތުރިފައިވާ މިންވަރުގެ ވާހަކަތައް ކަމަށެވެ. އެގޮތުން މިހާރުގެ ސަރުކާރުގެ އަނިޔާވެރިކަމުގައި ޖެހިވަޑައިގެންފައި ތިއްބެވި ރައީސް މައުމޫން އަބްދުލް ގައްޔޫމްއަކީ ކުށެއް ކުރެއްވި ބޭފުޅެއް ނޫން ކަމަށާއި އެގޮތަށް ދެން ތިބި ތިން ލީޑަރުންނާއި ހައްޔަރުކޮށްފަައި ތިބި މަޖިލީސް މެންބަރުންނަކީ ވެސް އެއްވެސް ކުށެއްކޮށްގެން ބަންދުކޮށްފައި ތިއްބެވި ބައެއް ނޫން ކަމަށެވެ.

ނަމަވެސް އެ ހުރިހާ ކަމެއް ބަދަލުވާ ދުވަސް ކައިރިވެފައިވާ ކަމަށާއި ހައްޔަރުކޮށްފައި ތިބި އެ ހުރިހާ ފަރާތްތައް މިނިވަންވެ އެ ފަރާތްތަކާ ބައްދަލު ކުރާ ދުވަސް ވަރަށް ގާތްވެއްޖެ ކަމަށް އިބޫ ވިދާޅުވި އެވެ.

"ރައީސް މައުމޫން އެ ހުންނެވީ ކުށެއް ކުރައްވައިގެން ނޫން، ރައީސް ނަޝީދު ހުންނެވީ ކުށެއް ކުރައްވަައިގެން ނޫން، ޝޭހް އިމްރާން އަދި ގާސިމް އިބްރާހިމް އެ ތިބީ ކޫށެއްކޮށްގެނެއް ނޫން، އަބްދުﷲ ސައީދާއި އަލީ ހަމީދު ވެސް އަދި ކާނަލް ނާޒިމް އަކީ ކުށެއްކޮށްގެން އަނިޔާލިބެމުންދާ ބައެއް ނޫން، އެ ހުރިހާ ބޭފުޅުން އަޅުގަނޑުމެންނާ ބައްދަލުވެ އަމަލީ ގޮތުން މި މަސައްކަތުގައި ބައިވެރިވާ ދުވަސް ވަރަށް ގާތްވެއްޖެ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ މިހާރު މި ހިނގަނީ މީގެ ކުރިން ގައުމު ދެކިފައި ނުވާ ފަދަ ގައުމީ އެއްބައިވަންތަ ކަމުގެ ދުވަސްކޮޅެއް ކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ ހަތަރު ލީޑަރުން އެއްގަލަކަށް އަރާ ތިއްބެވީ، އަނިޔާވެރިކަމުން ގައުމު ސަލާމަތް ކުރުމަށްޓަކައި ކަމަށް އިބޫ ވިދާޅުވި އެވެ. އެހެންކަމުން ހުރިހާ ރައްޔިތުންގެ ކިބައިންވެސް އެދެނީ ދައްކާ ބިރަކަށް އަދި ރާވާ މަކަރަކަށް ފަސް ޖެހުމެއް ނެތި އާދީއްތަ ދުވަހު ނިކުމެވަޑައިގެން ވޯޓު ދެއްވާ ސަރުކަރު ބަދަލު ކުރެއްވުމަށް ކަމަށް އިބޫ ވިދާޅުވި އެވެ.

އިދިކޮޅު ޕާޓީތަކުގެ ފަރާތުން ރަށްރަަށަށް ކުރެއްވި ދަތުރުތައް ނިންމަވާލައްވަނީ ފޮނި އުންމީދުތަކާއެކުގައި ކަމަށް އިބޫ ވިދާޅުވި އެވެ. އެއީ ނާމާންކަމާއި ބިރުވެރިކަން ނައްތާލެވޭނެ ކަމުގެ އުންމީދާއި ފަންޑު ފޮށި ހިފައިގެން ސަލާން ޖެހުން ނިމުމަކަށް ގެނެސް ފަހުރުވެރި ހިތްފަސޭހަ ދިރިއުޅުމަކަށް ހިންދެމިލެވޭނެ ކަމުގެ އުންމީދުގައި ކަމަށް އިބޫ ވިދާޅުވި އެވެ.

އެގޮތުން ރާއްޖޭގެ ރާއްޖޭގެ ހުރިހާ ރަށަަކުން 170،000 މީހުން އިއްތިހާދަށް ވޯޓު ދޭނެ ކަމަށް ބުނެފައިވާ ކަމަށާއި ރިޔާސީ އިންތިހާބު މިހާރު ވެސް ކާމިޔާބު ވެއްޖެކަން ޔަގީންވާ ކަމަށް އިބޫ ވިދާޅުވި އެވެ.