overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އަމިއްލަ ބޭނުމެއް ނެތް، އިދިކޮޅާ ގުޅުނީ މައުމޫން މިނިވަން ކުރަން: ހިޔަލީ

Sep 21, 2018
12

އިދިކޮޅު އިއްތިހާދާ ގުޅިވަޑައިގަތީ އެއްވެސް އަމިއްލަ ބޭނުމެއްގައެއް ނޫން ކަމަށާއި އެއީ ޕީޕީއެމްގެ ހަގީގީ ރައީސް މައުމޫން އަބްދުލް ގައްޔުމް މިނިވަން ކުރުމަށް ކަމަށް ދާދި ފަހުން އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތް ޕީޕީއެމްގެ ރަޖިސްޓްރާ ހިޔަލީ މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

އިއްތިހާދުން އައްޑޫ ސިޓީގައި މިރޭ ބޭއްވި ބޮޑު ޖަލްސާގައި ބައިވެރިވަޑައިގެން ވާހަކަދައްކަވަމުން ހިޔަލީ ވިދާޅުވީ އޭނާ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތީ ގޮނޑިއަކަށް މަޖިލީހުގައި ވާދަ ކުރެއްވުމަކަށް ނޫން ކަމަށާއި ނުވަތަ އެހެން ވެސް އަމިއްލަ ބޭނުމެއްގައި ނޫން ކަމަށެވެ. އިދިކޮޅު ޕޯޑިއަމްއަށް އެރީ ރައީސް މައުމޫން މިނިވަން ކުރަން ޖެހޭ ކަމަށް ސަރުކާރުގެ ތެރެއިން އެންމެ ބޮޑަށް އެހީވި ކުރީގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވުމުން ކަމަށާއި އެއަށް ފަހު ރައީސް މުހައްމަދު ނަޝީދު ވެސް އެކަމަށް އެދިވަޑައިގަތުމުން ކަމަށް ހިޔަލީ ވިދާޅުވި އެވެ.

"އަޅުގަނޑުގެ ނެތް އަމިއްލަ އެދުމެއް، އަޅުގަނޑޫ ބޭނުންވާ ވަޒީފާއެއް ވެސް ނޯންނާނެ، އަޅުގަނޑު ސަރުކާރު ވަޒީފާއެއް ބޭނުމެއް ނެތް، އަޅުގަނޑޫމެންގެ ކެންޑީޑޭޓު ދެ އަކަށް ވޯޓު ދީ،" ހިޔަލީ ވިދާޅުވި އެވެ.

ހިޔަލީ ވިދާޅުވީ އޭނާއަށް ޕީޕީއެމްގެ ރަޖިސްޓްރާގެ މަގާމް ފުރަތަމަ ހުށަހެޅުއުްވީ ރައީސް މައުމޫން ކަމަށާއި އެއަށް ފަހު ފާރިސް މައުމޫން ވެސް ހުށަހެޅުއްވި ކަމަށެވެ. ނަމަވެސް ދެ ބޭފުޅުން ވިދާޅުވުން އެކަން ނުކުރައްވާ ރައީސް ޔާމީންގެ ބަސްފުޅަށް އެ މަގާމް ގަބޫލު ކުރެއްވި ކަމަށް ހިޔަލީ ވިދާޅުވި އެވެ. ނަމަވެސް ޕާޓީ އިން ރައީސް މައުމޫން ދުރު ކުރި ހިސާބުން ފެށިގެން އެއްވެސް މުސާރައްއެ ނުލިބޭ ކަމަށް ހިޔަލީ ވިދާޅުވި އެވެ.

އެހެންކަމުން އޭނާއަށް އިދިކޮޅަށް ގުޅިވަޑައިގަނެވެން އޮތް ކަމަށާއި މި ހުރިހާ ދުވަހު މަސައްކަތް ކުރީ އެއްވެސް ފައިސާއެއް ރިޝްވަތެއްގައި ނުޖެހި މިނިވަނެއްގެ ގޮތުގައި ކަމަށެވެ. އެހެންކަމުން އެއްވެސް މައްސަލައެއްގައި ހައްޔަރެއް ނުކުރެވޭނެ ކަމަށް ހިޔަލީ ވިދާޅުވި އެވެ.

"އަޅުގަނޑު އެއްވެސް މުސާރައެއްގައި އަތް ނުލަން މި ސަރުކާރުގައި އަދި މިހިސަަބަށް އައިއިރު، އަޅުގަނޑަށް މި ފަޅިއަށް ނާދެވެންވީ އެއްވެސް ސަބަބެއް ނެތް، އަޅުގަnޑަކީ މިނިވަނެއް، އެއްވެސް ބޭފޫޅެއްގެ ދަށުވެފައެއް ނީންނާނެ އަޅުގަނޑު މަސައްކަތް ކުރީ ހޯދާ ލާރީގައި، ލާހިކެއް ނޫން ރިޝްވަތެއް ވައްކަމެއްގެ ކަމެއްގައި ވެސް އަޅުގަnޑު ހައްޔަރު ކުރާކަށް، ލާހިކެއް ނޫން،" ހިޔަލީ ވިދާޅުވި އެވެ.

އިބޫއާ ބައްޔަތު ހިފީ ވަރަށް އުފަލުން ހުރެގެން ކަމަށާއި އޭނާގެ ހަގީގަތް އެނގޭ އެކުގައި މަސައްކަޮތްކޯށްފަިވާ ބޭފުޅަކަށް ވާތީ ކަމަށް ހިޔަލީ ވިދާޅުވި އެވެ.އަދި އިބޫއަކީ ތެދުވެރި އިހުލާސްތެރިއެއް ކަމަށާއި އެހެންކަމުން ކޯޓުން ހައްޔަރު ކުރިޔަސް ޖެހިލުމެއް ނުވެ އިބޫއާ އެކުގައި ހުންނަވާނެ ކަމަށް ހިޔަލީ ވިދާޅުވި އެވެ.