overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އެއާޕޯޓް ހުޅުވަން ރައީސް މިއަދު ކުޅުދުއްފުއްޓަށް

ހދ. ކުޅުދުއްފުށީގައި އަޅާފައިވާ އެއާޕޯޓް ހުޅުވުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ހަވީރު ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

މިދިޔަ ބުދަ ދުވަހު ކުޅުދުއްފުށީ އެއާޕޯޓަށް ވަނީ ޓެސްޓް ފްލައިޓް ޖައްސާފަ އެވެ. އެ އެއާޕޯޓަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.

ކުޅުދުއްފުށީ އެއާޕޯޓް ރައީސް ހުޅުވައިދެއްވާއިރު އެއާޕޯޓްގައި މިހާތަނަށް ނިމިފައިވަނީ ރަންވޭ އެކަންޏެވެ. ޓާމިނަލް އެޅުމުގެ މަސައްކަތް ފަށާފައިވީ ނަމަވެސް އޭގެ ބޮޑު ބައެއް އަދި ނުނިމެ އެވެ. ނަމަވެސް އެ މަސައްކަތްތައް ވަރަށް އަވަހަށް ނިމޭނެ ކަމަށް ވަނީ ބުނެފަ އެވެ.

މިއަދު ހަވީރު ފްލައިޓްގައި ރައީސް ކުޅުދުއްފުއްޓަށް ވަޑައިގަތުމަށްފަހު ރަށުގައި އެމްޑަބްލިއުއެސްސީއިން ގާއިމްކޮށްފައިވާ ބޮޓެލިން ފެކްޓްރީ ވެސް ހުޅުވައިދެއްވާނެ އެވެ. މިއަދު ރައީސް އެނބުރި މާލެ ވަޑައިގަންނަވާނެ އެވެ.

ރައީސް ވަޑައިގަންނަވާތީ ކުޅުދުއްފުށި ދަނީ ތައްޔާރުކުރަމުންނެވެ. މިއީ ވެރިކަމުގައި ރައީސް ކުޅުދުއްފުއްޓަށް ވަޑައިގަންނަވާ ހަތަރުވަނަ ފަހަރެވެ. އަދި ރިޔާސީ އިންތިހާބުގެ ކުރިން ރައީސް ވަޑައިގަންނަވާނެ ފަހު މަންޒިލަކީ ވެސް ކުޅުދުއްފުއްޓެވެ.