overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އަޅުގަނޑަކީ ފަސޭހައިން ބަލި ގަބޫލުކުރާ މީހެއް ނޫން: ރައީސް

އަބަދުވެސް މަސައްކަތް ކުރައްވަނީ ވަކި ޓާގެޓެއް ހާސިލް ކުރުމަށް ކަމަށާއި ފަސޭހައިން ބަލި ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބަށް ދެ ދުވަސްވެފައިވަނިކޮށް ޓީވީއެމްއިން މިއަދު ގެނެސްދިން "ވަން އޮން ވަން" އިންޓަވިއުއެއްގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ކަންކަމާ ކުރިމަތިލާން ކެރިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. އަދި ގައުމުގެ ގޮންޖެހުންތަކާ ކުރިމަތިލެއްވުމުގެ ހިތްވަރު ވެސް އެމަނިކުފާނުގެ އެބަ ހުންނެވި ކަމަށެވެ.

"އަޅުގަނޑުގެ ކެރެކްޓާ އެއީ، އަޅުގަނޑަކީ ކަންކަމާ ކުރިމަތިލާ މީހެއް، އެހާ ފަސޭހައިން ބަލި ގަބޫލު ކުރާނެ މީހެއް ނޫން އިނގޭތޯ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ކަމެއް ދިމާވާއިރަށް ރައްޔިތުން ދޫކޮށްލާފައި ދިޔުމުގެ ވިސްނުން ހުންނަ މީހަކަށް ވެރިކަން ނުކުރެވޭނެ ކަމަށެވެ. އަދި ރައްޔިތުންގެ ގާތު ވޯޓު ހޯދުމަށް އެފަދަ ހިތްވަރެއް ނެތް މީހަކު ގޮސްގެން ވެސް ނުވާނެ ކަމަށެވެ.

"އަޅުގަނޑު ހަމަ ރުޅި އަންނަން ވީމަ ރުޅި އަންނާނެ، އެއީ އަޅުގަނޑަކީ ސިރިއަސް މީހެއް، އަޅުގަނޑަކީ އަޅުގަނޑުމެންވާ ކަންކަން އަޅުގަނޑު ބުނާ ގޮތަށް ނޫނީ އެއަށްވުރެ މޮޅަށް ނިންމަން ބޭނުންވާ މީހެއް، ކަންކަން ނުވެ ދާ ކަމަށްވާނަމަ އަޅުގަނޑު ހުންނާނެ އަމިއްލަ ނަފުސު ދެކެ ވެސް ރުޅި އައިސްފަ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ސީރިއަސްކަން މަތީ މަސައްކަތް ކުރައްވަނީ ޓާގެޓް ހާސިލް ކުރެއްވުމަށް ކަމަށާއި އެ މަގާމަށް ވަޑައިގެންނެވީ ވަކި ޓާގެޓެއް ހާސިލް ކުރުމަށް ކަމަށެވެ. ސީރިއަސް ކަމެއް ނެތި އެ ޓާގެޓް ހާސިލް ނުކުރެއްވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ވަރަށް ކުރުކޮށް ދަންނަވާނަމަ ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ދާކަށް އަޅުގަނޑު ގަބޫލެއް ނުކުރާނަން، އަޅުގަނޑަކީ އަމިއްލަ އުސޫލުތަކެއް ހުންނަ މީހެއް، އޭސް އައިއެމް ދަ ބޮސް، މައި ވޭސް ގޯސް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ މަޖާ ވެސް ކުރައްވާ ބޭފުޅެއް ކަމަށާއި ރައްޓެހިން ވެސް ވަރަށް ގިނަ ކަމަށެވެ. ޕޯޑިއަމްތަކުގައި ފެނިގެން ދަނީ އެމަނިކުފާނުގެ އަަސްލު ސިފަ ނޫން ކަމަށާއި އެއީ ސިޔާސީ މަސައްކަތް ކަމަށެވެ. ޕޯޑިއަމްތަކުގައި އަބަދުވެސް މަސައްކަތް ކުރައްވަނީ އެ ޓާގެޓް އޯޑިއަންސްއަކަށް ކަންކަން ފަސޭހައިން ދޭހަވާ ގޮތަކަށް ވާހަކަ ދެއްކެވުމަށް ކަަމަށެވެ.