overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ބޯވާރޭގައި ވެސް ރައީސްގެ ވާހަކަފުޅު ހުއްޓާ ނުލެއްވި!

މިއަދު ހދ. ކުޅުދުއްފުއްޓަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރެއްވީ ތާރީހީ ދަތުރުފުޅެކެވެ. ވައި މަގުން ރައީސް ޔާމީން މިއަދު ކުޅުދުއްފުއްޓަށް ވަޑައިގެންނެވުމަށްފަހު އެ ރަށު އެއާޕޯޓް ހުޅުވައިދެއްވި އެވެ. އެއަށްފަހު ރައްޔިތުންނާ މުހާތަބު ކުރައްވަން ފެއްޓެވި އެވެ.

ރައީސް ޔާމީން އެއާޕޯޓް ރަންވޭ ކައިރީގައި ހަދާފައިވާ ކުޑަ ސްޓޭޖަށް އަރާވަޑައިގެންނެވިތާ އިރިކޮޅެއްގެ ތެރޭގައި ބޯކޮށް ވާރޭވެހެން ފެށި އެވެ. ނަމަވެސް އެމަނިކުފާނު ދައްކަވަމުން ގެންދެވި ވާހަކަފުޅު ހުއްޓައެއް ނުލެއްވި އެވެ. ކުރިއަށްވުރެ ފޯރީގައި އެމަނިކުފާނު ވާހަކަފުޅު ކުރިއަށް ގެންދެވި އެވެ.

ވެހުމުންދިޔަ ބޯވާރޭގައި ރައީސް ތެމިފޯވަމުންދާތީ އެމަނިކުފާނުގެ ބޮޑީގާޑުން ކުޑަ ހިފައިގެން އެމަނިކުފާނު ކައިރިއަށް ދިޔަ އެވެ. ނަމަވެސް އަތުގެ އިޝާރާތުން އެމަނިކުފާނު އެންގެވީ ކުޑައެއް ބޭނުންފުޅު ނުވާ ކަމަށެވެ. ރައީސް ވާހަކަފުޅު ކުރިއަށް ގެންދަވާތީ ސަރުކާރުގެ އިސް ބޭފުޅުން ވެސް ތެމުނަސް އެ ސަރަހައްދުގައި މަޑުކުރައްވައިގެން ތިއްބެވެ.

ރިޔާސީ އިންތިހާބަށް ދެ ދުވަހަށްވެފައިވަނިކޮށް ރައީސް ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގެން މިއަދު ވާހަކަފުޅު ދައްކަވާފައިވަނީ ވަރަށް ޖޯޝުގަ އެވެ. އެމަނިކުފާނު ވަނީ އާދިއްތަ ދުވަހު ވޯޓުލާން ރައްޔިތުން ދާއިރު އެމަނިކުފާނާމެދު ވިސްނާލުމަށް އެދިވަޑައިގެންފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާ މަސައްކަތްފުޅު ކުރެއްވީ އިހްލާސްތެރިކަމާއެކު ކަމަށެވެ. އެމަނިކުފާނު ބޭނުންފުޅު ވަނީ ގައުމަށް އުފާވެރިކަމާއި ފާގަތިކަން ލިބުން ކަމަށެވެ. ބޭނުންފުޅު ވަނީ އެމަނިކުފާނުގެ ލެގަސީ ހިފައިގެން ކުރިއަށް ދާނެ ޒުވާނުންތަކެއް ބިނާ ކުރެއްވުން ކަމަށެވެ. ކުޑަކުދިންނަށް ހަމަޖެހޭ ދިރިއުޅުމެއް ލިބުން ކަމަށެވެ.

"އެއް ނަންބަރުގަ ރަނގަޅު ފާހަގަ ޖެހުން ނޫން ގޮތެއް ނެތޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ކުރައްވަމުންދާ މަސައްކަތްޕުޅުތައް ރައްޔިތުން ބަލައިގަންނަން ޖެހޭނެ ކަމަށާއި އެހެންނޫނަމަ އިހްލާސްތެރިކަމާއެކު މަސައްކަތް ކުރުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ގައުމު ހެޔޮ މަގަށް އަނެއްކާވެސް އެޅުވޭނީ އެމަނިކުފާނަށް ކަމަށާއި އެ ފުރުސަތު ރައްޔިތުން ދޭން ޖެހޭނެ ކަމަށެވެ.