overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ޝަހީމް އިލްޔާސަށް: ދީނަށް ފުރައްސާރަކުރި ބަޔަކާ އެކު އިންސާފު ހޯދޭނެތަ؟

Sep 21, 2018
10

ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ގިނަ ސުވާލުތަކެއް ޝެއިހް އިލްޔާސް ހުސައިންއަށް ކުރިމަތި ކުރައްވައިފި އެވެ.

ޝަހީމް ވިދާޅުވީ، ރާއްޖޭގެ ގިނަ ދީނީ އިލްމްވެރިންގެ ތާއީދު ވަނީ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމަށް ދީފައި ކަމަށެވެ. ނަމަވެސް ރައީސް ޔާމީނާއި އިދިކޮޅަށް އަޑުއުފުއްލަވާ މަދު ދީނީ އިލްވެރިން އަދިވެސް އުޅުއްވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"އޭގެ ތެރޭގައި ޝެއިހް އިލްޔާސް، އެއީ އަޅުގަނޑުގެ ވަރަށް ގާތް އަހެއް، އެހެން ނަމަވެސް ގައުމީ ވިސްނުމަކުން ވިސްނާލާއިރުގައި އަޅުގަނޑު ޝެއިހް އިލްޔާސާ ކުރަން ބޭނުންވާ ސުވާލަކީ، ޝެއިހް އިލްޔާސް، އިސްލާމް ދީނަށް ފުރައްސާރަކުރި ބަޔަކާއެކު ހޯދޭނީ ކޮން އިންސާފެއްތޯ، އެއްވެސް އިންސާފެއް ހޯދޭނެތޯއޭ އިސްލާމް ދީނަށް ފުރައްސާރަކުރި ބަޔަކާއެކު، އިސްލާމްދީނަށް އަނިޔާވެރިވެފައިވާ ބަޔަކާއެކު،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، އިސްތިއުމާރީ ބާރުތަކާ ގުޅިގެން ދައުލަތެއްގެ ވެރިކަން ފުރޮޅާލަން އުޅުމަކީ އަނިޔާއެއް ކަމަށެވެ. އެކަންކަމަށް ޝެއިހް އިލްޔާސް ޖަވާބުދެއްވުމަށްވެސް ޝަހީމް އެދިވަޑައިގެންނެވި އެވެ.

ޝަހީމް ވިދާޅުވީ، މިކަންކަމާމެދު ރައްޔިތުން ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ. ޝަހީމް ވިދާޅުވި ގޮތުގައި، ފެނިގެން މިދަނީ ރައީސް ޔާމީން ގައުމީ ހިދުމަތުގައި ކުރިއަށްދާ މަންޒަރު ކަމަށެވެ.

"އެކިއެކި މުޒާހަރާތަކަށް ނިކުމެގެން، ނުވަތަ ބައިވެރިވެގެން، ހަމަ ގާނޫނީ ގޮތުން މަނާ ކަންކަމުގައި ބައިވެރިވެގެން އެކި ގޮތް ގޮތަށް ބޭފުޅުން ބަންދުވީ، އަޅުގަނޑުމެންވެސް ވަރަށް ދެރަވޭ އަޅުގަނޑުމެން ވަރަށް ލޯބިވާ ބަޔަކު ބަންދުގައި އެބަތިއްބެވި، އެހެން ނަމަވެސް އެހިސާބަށް އެކަންތައްތައް ދިޔައީ ކީއްވެގެންތޯ،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، އެއް ވެރިކަމެއްގައި އެންމެ އަނިޔާ ލިބިގެންދިޔަ ބަޔަކީ އިލްމުވެރިން ކަމަށާއި ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ދީނީ ފަތުވާދީގެން އެއްވެސް އިލްމުވެރިއަކު ޖަލަށްލާފައި ނުވާނެ ކަމަށެވެ.