overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ލަންކާގައި އުޅޭ ދަރިވަރުންތަކެއްގެ ތާއިދު އިބޫއަށް

އަވަށްޓެރި ސްރީލަންކާގައި އުޅޭ ގިނަ ކިޔަވާ ދަރިވަރުންތަކެއް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް ތާއިދު އޮތްކަން މިރޭ ހާމަކޮށްފި އެވެ.

ދަރިވަރުންގެ ތާއިދު ހާމަ ކުރީ މިރޭ ލަންކާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު ބޭއްވެވި ޖަލްސާގަ އެވެ. އެ ޖަލްސާއަށް ގިނަ ދަރިވަރުން ގޮސް ރައީސް ނަޝީދާ ބައްދަލު ކުރައްވައި މަޝްވަރާކޮށްފައިވެސްވެ އެވެ.

ދަރިވަރުންގެ ފަރާތުން މިރޭގެ ޖަލްސާގައި ވާހަކަ ދައްކާފައިވަނީ ލަޔަން ސިޓީގައި އުޅޭ ދަރިވަރުންގެ މެދުގައި އުފެއްދި ކޮމެޓީއެއްގެ ރައީސް ފަވާޒު އަންވަރެވެ. އޭނާ ބުނި ގޮތުގައި އޭނާގެ ފަހަތުގައި ތިބި 200 އެއްހާ ދަރިވަރުންގެ ވޯޓު ރީ ރަޖިސްޓްރީކޮށް އެމީހުންގެ ވޯޓު ކަށަވަރުކޮށްފައިވާނެ ކަމަށެވެ.

އޭގެއިތުރުން އަލަށް 18 އަހަރު ފުރި، ވޯޓުލުމުގެ ވިސްނުމެއް ނެތް 50 ދަރިވަރުންގެ ހިޔާލު ބަދަލުކޮށް އެމީހުންގެ ވޯޓު ވެސް ޔަގީންކޮށްފައިވާނެ ކަމަށް ފަވާޒު ބުންޏެވެ. ފަވާޒުގެ އިތުރުން ކޮލަންބޯގެ ޔޫތް ލީޑަރެއް ކަމަށްވާ އަހުމަދު ޝަފާއު އާއި އިބްރާހިމް އަންވަރު ވެސް ވަނީ އެމީހުންގެ ފަހަތުގައި ތިބި ޒުވާނުން އިބޫއަށް ވޯޓު ދޭނެކަން ހާމަކޮށްފަ އެވެ.

ފަވާޒު ބުނި ގޮތުގައި އެ ޔޫތް ލީޑަރުންނަކީ މުޅި ކޮލަމްބޯގައި އުޅޭ ހުރިހާ ދަރިވަރުންގެ ވޯޓު ވެސް އިބޫއަށް ހޯދައިދިނުމުގެ ގާބިލްކަން ތިބި ޒުވާނުންނެވެ.