overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ރައީސް ދީނާ ދެކޮޅު އެއްވެސް ކަމެއް ކުރި ކަމުގެ ތުހުމަތެއް ނެތް: ޝަހީމް

Sep 21, 2018
22

ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްގެ އިސްތަށިފުޅުގައި އިސްލާމްދީން ނޫން އެހެން ޣައިރު ދީންތައް ފެތުރުމަށް މަސައްކަތް ކުރެއްވި ކަމުގެ އެއްވެސް ތުހުމަތެއް ކުރިން ވެސް އަދި މިހާރު ވެސް އަޅުވާފައިނުވާ ކަމަށް އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް "ތަރައްގީ އައުޒަމާނަކަށް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ، ރައްޔިތުން 23 ސެޕްޓެމްބަރުގައި ނިންމަންޖެހޭ ނިންމުމަކީ ރައްޔިތުން ކުރިއަށްދާނި ތަރައްގީއާއެކުތޯ ކަމަށެވެ. އަދި ވިދާޅުވީ، މިހާރު އިދިކޮޅު ފަރާތްތަކުގެ ތެރެއިން ރައީސް ޔާމީންފަދަ ގާބިލްކަމާއި ތަޖްރިބާހުރި އަދި ކަންކަމާއި ކުރިމަތިލައްވަން ކެރިވަޑައިގަންނަވާފަދަ ބޭފުޅަކު ނެތް ކަމަށެވެ.

"ރައީސް ޔާމީނަށް އޮތް ޕޮއިންޓަކީ އެމަނިކުފާނުގެ އިސްތަށިފުޅުގައި ތުހުމަތެއް މިހާތަނަށް އެޅުވިފައެއްނެތް އިސްލާމްދީނާއި ދެކޮޅު ބޭފުޅެއްގެ ގޮތުގައި، ނުވަތަ ދިވެހިރާއްޖޭގައި އެހެން ޣައިރު ދީންތައް ފެތުރުމަށް އެމަނިކުފާނު މަސައްކަތް ކުރެއްވިކަމުގެ ތުހުމަތެއް ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިންވެސް އަދި ފަހުންވެސް އެޅުވިފައެއްނެތް،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، ރައީސް ޔާމީން އިސްލާމްދީނަށް ދެރަވާނެ އެއްވެސް ގޮތެއް ނުހައްދަވާނެ ކަމަށާއި މިރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް އެމަނިކުފާނު ނުކުރައްވާނެ ކަމަށެވެ. އަދި އެކަމަކީ 100 ޕަސެންޓް ޔަގީން ކުރެވޭ ކަމެއް ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

"ވެރިކަމަށް އަންނަން އުޅޭ މީހަކު ބުނެފާނެ ތިމަންނަ އިސްލާމްދީން ހިމާޔަތް ކުރާނަމޭ، އެމީހުންގެ މެނިފެސްޓީގަވެސް ލިޔެފާނެ، އެކަމަކު އެވަރުގެ ވަރުގަދަކަމާއި ހިތްވަރާއި ކެރުންތެރިކަން އެ ކެނޑިޑޭޓެއްގެ ކިބައިގައި ހުރިތޯ އަޅުގަނޑުމެން އެބަ ޖެހޭ ބަލަން، އަދި އޭނަގެ މާޒީ އެއީ އެންމެ ބޮޑަށް ބަލަންޖެހޭ ކަމަކީ، މާޒީގައި ކިހިނެތްތޯ އަމަލުކޮށްފައިހުރީ،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، އެމްޑީޕީން ވެރިކަން ކުރެއްވި އިރު އޭރު އެޕާޓީގެ ޕީޖީ ގްރޫޕް ލީޑަރަކަށް ހުންނެވި ބޭފުޅަކީ މިއަދުގެ އިދިކޮޅު ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ ކަމަށެވެ، އަދި އެދުވަސް ވަރު ކަންތައްތައް ހިނގައި ދިޔަ ގޮތްތައް ދިފާއު ކުރެއްވުމަށް އިބޫ މަސައްކަތް ކުރެއްވިތޯ ރައްޔިތުން ބަލަން ޖެހޭ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

"އެބޭފުޅާ [އިބޫ] މެނިފެސްޓޯގައި ލިޔެފައި އޮންނަނީ އިސްލާމް ދީން ހިމާޔަތް ކުރައްވާނެ ކަމަށް، އަޅުގަނޑަށް ކަށަވަރުވާ އެއް ހަގީގަތެއް އެބައޮތް، ރައީސް ޔާމީން ވިދާޅުވަނީ މިތަނުން އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގައެއް ނުދެއްވާނަމޭ، އެއާއެކު އިސްލާމްދީނާއި ދެކޮޅު ކަންކަން ހުއްޓުވުމަށް މަސައްކަތް ކުރައްވާ،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، އިދިކޮޅު ކެނޑިޑޭޓަށް މިކަންކަން ކުރައްވަން ފުރުސަތު ނުލިބޭނެ ކަމަށާއި ސަބަބަކީ އިބޫގެ ވަށައިގެން އުޅުއްވަނީ އިސްލާމްދީނާއި ދެކޮޅަށް ކަންކަން ކުރައްވަން އުޅުއްވި ބޭފުޅުން ކަމަށްވާތީ އެވެ.

ޝަހީމް ވިދާޅުވީ، ސަރުކާރެއްގެ ތެރޭގައި ރަނގަޅު ކުރަންޖެހޭ ކަންކަން ހުންނާނެ ކަމަށާއި މި ސަރުކާރުގައިވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އެކަންކަން ރަނގަޅުކޮށް ފުރިހަމަ ސަރުކާރެއް ގެނެސްދިނުމަކީ މިއަދު ރައްޔިތުންނަށް ހުށަހަޅާ ހުށަހެޅުން ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

"އިދިކޮޅު ފަރާތްތަކުން ފެންނަނީ ބައިވަރު ލީޑަރުންތަކެއް، އެމީހުން ކެނޑިޑޭޓަކަށް ތަައީދު މި ކުރައްވަނީ، އަދި އެ ކެނޑިޑޭޓްގެ މައްޗަށް އެބަހުރި ރޫހާނީ ލީޑަރެއް، އެހެންވީމަ ވެރިކަން ކިހިނެތްތޯ ހަމަޖެހިގެން ކުރިއަށްދާނީ،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، ދީނީ ނަޒަރަކުން ބަލާއިރުވެސް ކަންކަން ހަވާލުކުރަން ޖެހޭނީ އެންމެ ގާބިލް މީހާއަށް ކަމަށާއި ވެރިއަކަށް ހުންނަ މީހާ ވާން ޖެހޭނީ ތައުލީމީ މީހަކަށް ކަމަށެވެ. އެއީ އިސްލާމް ދީނުގައިވެސް އެކަން ކަނޑައަޅުއްވާފައި އޮންނަ ގޮތް ކަމަށެވެ. ރައީސް ޔާމީން ނޫން އިތުރު ބޭފުޅަކު އެކަމަށް ކުފޫ ހަމަނުވާ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.