overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ޝެއިހް އިލްޔާސްގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކޮށްފި

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމްވެރިޔާ، އިލްޔާސް ހުސެއިންގެ ޕާސްޕޯޓް ހިފަހައްޓައި އޭނާ ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފި އެވެ.

ރާއްޖެއިން ބޭރުގައި ވޯޓްލުމަށް ރަޖިސްޓްރީކޮށްފައި ވާތީ، ވޯޓްލުމަށް ރާއްޖެއިން ބޭރަށް ފުރުމަށް އައްޑޫ މަގުން ސްރީލަންކާއަށް ފުރުމަށް މިއަދު ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔުމުން އިލްޔާސްގެ ޕާސްޕޯޓް ކޯޓް އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށް ބުނެ، އޭނާއަށް ނުފުރޭނެ ކަމަށް އިމިގްރޭޝަނުން އެންގި އެވެ.

ޝޭހް އިލްޔާސް ގެންދަވަނީ ރައީސް އަބްދުﷲ ޔާމީންއަށް ފާޑު ވިދާޅުވެ މިފަހުން ވާހަކަ ދައްކަވަމުން އެވެ. ޝޭހް އިލްޔާސް ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި އޮތީ، ކުރީގެ މެންބަރު އަދި ދީނީ އިލްމްވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަޔާ ގުޅޭ ގޮތުން އޭނާ ދެއްކެވި ވާހަކަތަކަކާ ގުޅިގެން އެވެ. ފުލުހުން ބުނީ ޝެއިހް އިލްޔާސް ފުލުސް އޮފީހަށް ގެންދަނީ އެ ވާހަކަތަކާ މެދު ސުވާލުކޮށް އެ ކަންކަން އިތުރަށް އޮޅުން ފިލުވުމަށް ކަމަށެވެ.

އިލްޔާސް އޭރު ހުންނެވީ މެލޭޝިޔާގަ އެވެ. އެހެން ނަމަވެސް މިދިޔަ ހަފްތާ އޭނާ އެނބުރި މެލޭޝިޔާއިން އައިސް އައްޑޫގައި އޭނާ ގެންދަވަނީ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން އިވެންޓްތަކުގައި ތަގުރީރު ކުރައްވަމުން އެވެ. އިލްޔާސް މިއަދު ވިދާޅުވީ، މިވީ ދުވަސްތަކުގެ ތެރޭގައި އޭނާ ފުލުސް އޮފީހަށް ގެންދަން އަދި ޗިޓް ލިބިފައި ނެތް ކަމަށެވެ. އެހެން ނަމަވެސް އޭނާ ރާއްޖޭގައި ނެތިސް އާއިލާގެ ބޭފުޅަކާ ޗިޓް ހަވާލުކުރުމަށް ފުލުހުން މަސައްކަތް ކުރި ކަމަށާއި އެހެން ނަމަވެސް އާއިލާއިން ޗިޓާ ހަވާލުވެފައި ނުވާ ކަމަށެވެ. އަދި ފުރަން ދިޔައިރުވެސް ޕާސްޕޯޓް ހިފަހައްޓާފައި އޮތްކަން އެނގިވަޑައި ނުގަންނަވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕާސްޕޯޓް ހިފެހެއްޓިއަސް ހައްގު މަގުގައި ބަސްބުނުން ހުއްޓާނުލާނެ ކަމަށެވެ. އިލްޔާސް ވިދާޅުވި ގޮތުގައި އަނިޔާވެރިކަމާއި ބޭއިންސާފު މިގައުމުގައި އާންމުވެފައިވާ ކަމަށާއި އެ ކަންކަމާ ދެކޮޅަށް ހައްގު ބަސް ބުނަން މިއަދު މަޖުބޫރު ވެއްޖެ ކަމަށެވެ. އަދި މާދަމާގެ ވޯޓަށް ދިޔުމުގެ ކުރިން، އިތުރު ވޯޓް އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް ހޯއްދަވައި ދެއްވުމަށް އޭނާ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ މި ސަރުކާރާ ދެކޮޅަށް އޭނާ ވާހަކަ ދައްކަވަނީ އެއްވެސް އަމިއްލަ އެދުމެއް އޮވެގެން ނޫން ކަމަށާއި ދުވަހަކު ވެސް ސަރުކާރުގެ މަގާމަކަށް އައުމުގެ ދަހިވެތި ކަމެއް ނެތް ކަމަށެވެ. އަދި އޭނާ ދައްކާ ހުރިހާ ވާހަކައެއް ބިނާކޮށްފައި ހުންނާނީ ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސްތަކުގެ މައްޗަށް ކަމަށާއި އަމިއްލަ އަމިއްލައަށް ހަދައިގެން އެއްވެސް ވާހަކައެއް ދައްކާފައި ނުވާނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.