overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިންތިހާބުގެ މިނިވަންކަމާމެދު އޭއެންއެފްއާރްއީއެލް އިން ސުވާލު އުފައްދައިފި

މާދަމާ ބޭއްވޭ ރިޔާސީ އިންތިހާބަށް ބޭރުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ރާއްޖެއަށް އެތެރުވުމުގެ ފުރުސަތު ނުދީ ހުރަސްއަޅާފައިވާތީ އިންތިހާބުގެ މިނިވަންކަމާމެދު އިންތިޚާބު އޮބްޒާވްކުރާ ބޭރުގެ ޖަމިއްޔާއެއް ކަމަށްވާ އޭޝިއަން ނެޓްވޯކް ފޯ ފްރީ އިލެކްޝަން (އޭއެންއެފްއާރްއީއެލް) އިން މިއަދު ސުވާލު އުފައްދައިފި އެވެ.

އޭއެންއެފްއާރްއީއެލް އިން ރާއްޖޭގެ އިންތިހާބާއިމެދު ކަންބޮޑުވުން ފާޅުކޮށްފައިވަނީ، އިންތިހާބު އޮބްޒާވް ކުރުމުގެ ހުއްދަ އެ ޖަމިއްޔާ އަށް އިލެކްޝަންސް ކޮމިޝަނުން ދިން ނަމަވެސް، ރާއްޖެ އެތެރެވުމަށް ވިސާ ނުލިބި އޮތުމުންނެވެ.

އެ ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ މަދަނީ ޖަމިއްޔާތަކާއި އިދިކޮޅު ސިޔާސީ ފަރާތްތަކުގެ އިތުރުން މީޑިއާ އަށް ބިރުދައްކައި ހުރަސްއަޅަމުން ގެންދިއުމާއި، ބޭރުގެ ނޫސްވެރިންނާއި އޮބްޒާވަރުންނަށް ފުރުސަތު ނުދެނީ، މިނިވަން އިންތިހާބެއް ބޭއްވުމުގެ މަގު ބަންދު ކުރުމަށްކަމަށެވެ.

އަދި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކެމްޕެއިން ކުރެއްވިއިރު، އެފަދަ ކަންކަމަށް ފާރަވެރިވާ ދައުލަތުގެ މުއައްސަސާތަކުގެ އިތުރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވާފައިވާކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނީ، އިލެކްޝަންސް ކޮމިޝަނުގެ އަމަލުތައް ހުރި ގޮތުން އިންތިހާބު އިންސާފުވެރިވާނެ ކަމަށް ބެލޭނެ އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ. މީގެ އިތުރުން، އިދިކޮޅު ކެމްޕެއިނަށް ހުރަސްއެޅުމުގެ ގޮތުން، އިދިކޮޅު ސަޕޯޓަރުން ހައްޔަރުކުރަމުންދާ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އަދި ވޯޓު ގުނުމުގެ އުސޫލުތަކަށް ބަދަލު ގެނެސް، ވޯޓުލާ މަރުކަޒުތަކުގައި ސަރުކާރަށް ތާއީދުކުރާ ފަރާތްތައް އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމާއި ގުޅޭގޮތުން ވެސް އެ ބަޔާނުގައި ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

"އެންމެ ފަހުގެ ކަންކަމަށް ބަލާއިރު ސެޕްޓެމްބަރު 23 ގައި ބާއްވާ އިންތިޚާބު މިނިވަން އަދި އިންސާފުވެރި ވާނެ ކަމަކަށް ނުބެލެވޭ." ބަޔާނުގައިވެ އެވެ.

އީސީ އިން އާއްމުކޮށްފައިވާ ލިސްޓުގައިވާ ގޮތުން އިންތިހާބު ކަވަރުކުރަން ސްރީ ލަންކާ، މެލޭޝިއާ، ފިލިޕީންސް، ތައިލެންޑު އަދި ފަލަސްތީނުުގެ އިލެކްޝަންސް ކޮމިޝަން ހިމެނެ އެވެ. އަދި ލިސްޓުގައިވާ ގޮތުން އިންތިހާބު ކަވަރުކުރަން ބޭރުގެ 64 ފަރާތަކަށް ހުއްދަ ދީފައިވާއިރު އޭގެ ތެރޭއިން އޮބްޒާވަރުންގެ ގޮތުގައި 38 ފަރާތެއް އަދި މޮނީޓަރުންގެ ގޮތުގައި 26 ނޫސްވެރިން ހިމެނެ އެވެ.