ފެހި ގާނޫނު އަސާސީގެ ދަށުން ބާއްވާ ތިންވަނަ ރިޔާސީ އިންތިހާބު މިއަދު ކުރިއަށްދާއިރު އިންތިހާބުގައި ވާދަ ކުރައްވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އެވެ. މިއީ ދެ ކެންޑިޑޭޓުން ވާދަ ކުރައްވާ ފުރަތަމަ ރިޔާސީ އިންތިހާބު ވެސްވެ އެވެ. ރާއްޖޭގެ ހަތްވަނަ ރައީސްއަކު މިއަދު ނަގާ ވޯޓުން އެނގިގެންދާނެ އެވެ. މިފަހަރު ދެވަނަ ބުރަކަށް ދާން ނުޖެހޭނެ އެވެ.