overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ދިވެހި ސިނަމާ

ވަޖީހާއި ޖަމްޝީދާގެ ޖޯޑު ވެސް ދިމާވީ ވޯޓުން!

ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާއިރު ކޮންމެ ރަށެއްގެ ވެސް ފޮށި ކައިރިން އެތަން ޒަމާނަކަށްފަހު ތިމާގެ މީހުންނާއި އެކުވެރިންނާއި އަންނަނީ ބައްދަލުވަމުންނެވެ. ސޯޝަލް މީޑިއާގައި އެމީހުންގެ ތަފާތު އިހުސާސްތައް ވެސް އަންނަނީ ބަނޑުންކުރަމުންނެވެ. ނުފެނި އެތައް ޒަމާނެއްވި ރައްޓެހިންނާ ބައްދަލުވެ، ސަލާން ގަލާންކޮށް ކުރީގެ ހަނދާންތައް އަންނަނީ އާކުރަމުންނެވެ.

ކުރީގެ މަޝްހޫރު ދިވެހި ފިލްމީ ދެ ތަރިން ކަމަށްވާ މަރިޔަމް ޖަމްޝީދާ އާއި އިސްމާއިލް ވަޖީހުއަށް ވެސް މިއަދަކީ އެފަދަ ދުވަހެކެވެ. އެތައް އަހަރަކަށްފަހު މިއަދު އެ ދެ ތަރިން މިވަނީ ބައްދަލުވެފަ އެވެ. ގާތްގަނޑަކަށް 20 އަހަރަށްފަހު އެ ދެ ތަރިން މިއަދު މި ބައްދަލުވީ ވޯޓުލުމަށްޓަކައި މެލޭޝިއާގެ ވޯޓުލާ މަރުކަޒަށް ގޮސް ތިއްބަ އެވެ.

"ވޯޓުލާން މިއަދު ދިޔައިރު އެންމެ އުފާވީ މިހެންވެ، ގާތްގަނޑަކަށް 20 ވަރަކަށް އަހަރު ފަހުން މިއަދު އަޅުގަނޑުގެ ކޯ ސްޓާރެއް އަދި އެހާމެ ރީތި އެކްޓްރެސް ޖަމްޝީދާއާ މި ބައްދަލުވީ، ވަރަށް އުފާވެއްޖެ،" ވަޖީހު ފޭސްބުކްގައި އާންމުކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

ޖަމްޝީދާ އާއި ވަޖީހު އެކީގައި ވަނީ ވަރަށް ގިނަ ވީޑިއޯ ލަވަތައް ކުޅެފަ އެވެ. ނަމަވެސް އެ ދެތަރިން އެކީގައި ފެނިގެން ދިޔައީ އެންމެ ފިލްމަކުންނެވެ. އެއީ ފިލްމް "މާޒީ"އިންނެވެ. ދެ ތަރިން އެކުގައި ކުޅުނު އެހެން ފިލްމެއް ކަމަށްވާ، "ރާއްޖެ އަލީ" ފަންޑު ނުލިބިގެން ހުއްޓާލިކަން ވަޖީހު މިއަދު ވަނީ ހާމަކޮށްފަ އެވެ.

ޖަމްޝީދާ ފިލްމީ ދާއިރާއާ އެއްކޮށް ދުރުގައި ހުރި ނަމަވެސް ވަޖީހު ވަނީ މިދިޔަ އަހަރު ނިކުތް ޑާކްރެއިންގެ ފިލްމު "މިއީ ލޯތްބަކީ" އިން ހާއްސަ ފެނިލުމަކުން ފެނިގެން ގޮސްފަ އެވެ. އަދި އަންނަ އަހަރު ނިކުންނަ ޑާކްރެއިންގެ ކޮމެޑީ ފިލްމު "މާމުއި" އިންވެސް ހާއްސަ ފެނިލުމަކުން އޭނާ ފެނިގެންދާނެ އެވެ.

ޖަމްޝީދާއަކީ އިހުގެ އެންމެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ. އޭނާގެ ދިގު އިސްތަށިގަނޑަކީ އޭރު ފިރިހެނުންގެ މެދުގައި އެންމެ މަޝްހޫރު އެއް ކަމެވެ. އޭނާ މިފަހުން ވަނީ ސޯޝަލް މީޑިއާގައި ކުރީގެ ރައީސް މައުމޫންއާއެކު ނަންގަވާފައިވާ ފޮޓޯއެއް ވެސް އާންމު ކުރައްވާފަ އެވެ.