overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިބޫގެ ކާމިޔާބީއަށް އިންޑިއާ، އެމެރިކާ މަރުހަބާ ކިޔައިފި

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުން 58 ޕަސެންޓްގެ ނަތީޖާއަކާއެކު އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ ކާމިޔާބު ކުރުމާއި ގުޅިގެން އިންޑިއާ އަދި އެމެރިކާއިން މަރުހަބާ ކިޔައިފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި، އިބޫގެ ކާމިޔާބީ ފާހަގަކޮށް ބުނެފައިވަނީ އިއްޔެގެ އިންތިހާބުގެ ނަތީޖާއިން، ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ދެމެހެއްޓުމަށް ދިވެހިން އިސްކަންދޭ މިންވަރު ހާމަވެގެން ގޮއްސި ކަމަށެވެ. އަދި އިއެޔެ އިބޫ އަށް ލިބުނު ކާމިޔާބީ އަކީ ޑިމޮކްރަސީއަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި އެކްސްޓާނަލް މިނިސްޓްރީގެ ބަޔާނުގައި ސިފަކޮށްފައިވެ އެވެ.

އިންޑިއާއިން ވަނީ އިންތިހާބުގެ ވަގުތީ ނަތީޖާ ވީހާވެސް އަވަހަށް އިއުލާންކުރާނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް ބުނެފަ އެވެ.

އިއްޔެގެ އިންތިހާބު އިބޫ ކާމިޔާބުކޮށްފައިވަނީ، މި އަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 262135 މީހުންގެ ތެރެއިން ވޯޓު ލި 89.22 ޕަސެންޓް މީހުންގެ 58 އިންސައްތައާއެކު ޖުމްލަ 134,616 ވޯޓު ކާމިޔާބުކޮށްގެންނެވެ. މި ވޯޓުގައި މިހާރު ވެރިކަމުގައި ހުންނެވި ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ލިބިވަޑައިގެންފައިވަނީ 96،132 ވޯޓެވެ.

އިބޫގެ ކާމީޔާބީ ފާހަގަކޮށް އިންޑިއާއިން ބުނެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި، އިންޑިއާ ކަނޑުގެ ގުޅުން ބަދަހިކުރުމަށް އެ ގައުމުން ގެންގުޅޭ "ނެއިބަހުޑް ފަސްޓް" ޕޮލިސީގެ ދަށުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ބުނެފަ އެވެ.

އިންޑިއާއިން އިބޫގެ ކާމިޔާބީއަށް މަރުހަބާކިޔާފައިވާއިރު ރައީސް އަބްދުﷲ ޔާމީންގެ ބައެއް ހާރިޖީ ސިޔާސަތުތަކުގެ ސަބަބުންނާއި އެހެންވެސް ބައެއް ސިޔާސީ ނިންމުންތަކާ ގުޅިގެން ފާއިތުވި ދުވަސްތަކުގައި ދެ ގައުމުގެ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެގެން ގޮސްފަ އެވެ.

އެމެރިކާއިން އިބޫ އަށް މަރުހަބާ ކިޔައި ކުރި ޓްވީޓްގައި ވަނީ، އިލެކްޝަން ކޮމިޝަނުން އިއުލާން ކުރި ނަތީޖާ ގަބޫލުކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ. އިބޫގެ ވެރިކަމުގައި ހަމަޖެހުމާއި ކަންކަން ހިނގާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި އިބޫގެ ސަރުކާރާއެެކު އެމެރިކާ އާއީ ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކޮށް ގުޅިގެން މަސައްކަތް ކުރުމަށް އެއްބާރުލުން ދޭނެ ކަމަށްވެސް އެމެރިކާއިން ބުންޏެވެ.

އިބޫ އިންތިހާބު ކާމިޔާބު ކުރުމާއި ގުޅިގެން ސަރުކާރުންވެސް ވަނީ ބަލި ގަބޫލުކޮށް އިބޫ އަށް މަރުހަބާ ދަންނަވާފަ އެވެ، ސަރުކާރުން ވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އިބޫ ރާއްޖޭގެ ރައީސް ކަމުގެ ހުވާ ކުރައްވާނެކަން އިއުލާން ކޮށްފަ އެވެ.