overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިބޫއަށް ޝަހީމާއި ޕީޕީއެމްގެ އިސްވެރިން މަރުހަބާ ކިޔައިފި

އިއްޔެ ބޭއްވި މިއަހަރުގެ ރިޔާސީ އިންތިހާބު ތަފާތު ބޮޑު ނަތީޖާ އަކުން އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް އިބޫ ކާމިޔާބު ކުރުމާ ގުޅިގެން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ސަރުކާރުގެ ވަޒީރުންނާއި ޕީޕީއެމްގެ ބައެއް އިސްވެރިން މަރުހަބާ ކިޔައިފި އެވެ.

އިއްޔެގެ އިންތިހާބު އިބޫ ކާމިޔާބުކޮށްފައިވަނީ، މި އަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 262135 މީހުންގެ ތެރެއިން ވޯޓު ލި 89.22 ޕަސެންޓް މީހުންގެ 58 އިންސައްތައާއެކު ޖުމްލަ 134,616 ވޯޓު ކާމިޔާބުކޮށްގެންނެވެ. މި ވޯޓުގައި މިހާރު ވެރިކަމުގައި ހުންނެވި ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ލިބިވަޑައިގެންފައިވަނީ 96،132 ވޯޓެވެ.

ޝަހީމް މިިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، އިންތިހާބީ ރައީސް އިބޫ އަށް ވަރަށް ހޫނު މަރުހަބާ ދަންނަވާ ކަމަށެވެ. އިބޫގެ ލީޑާޝިޕްގައި ރާއްޖެއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ޔަގީން ކުރާ ކަމަށެވެ. އަދި ގައުމު ހިންގުމުގައި އިބޫ އަށް އެހީތެރިވެ، އެއްބައިވަންތަ ވުމަށް ރައްޔިތުންގެ ކިބައިން އެދޭ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

ޕީޕީއެމް ޕާލިއަމެންޓް ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވީ، އިބޫ އަދި ފައިސަލް އަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމުގެ ފަސް އަހަރު ދުވަހު ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓަކައި ދީން ހިމާޔަށް ކުރާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ނިހާން ވިދާޅުވި އެވެ.

މީގެ އިތުރުން ފިޝަރީސް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އަދި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވެސް ވަނީ މަރުހަބާ ދަންނަވާފަ އެވެ. ޝައިނީ ވިދާޅުވީ، އިބޫ އަށް މަރުހަބާ ދަންނަވާ ކަމަށާއި މި ސަރުކާރާއި ފިޝަރީސް އެގްރިކަލްޗާއަށް އެހީތެރިވެ ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ކުރިއަށް އޮތް ވެރިއަކަށާއި ވެރިކަމަށް އިންތިޒާރު ކުރައްވާ ކަމަށެވެ.

ޝައިނީ ވިދާޅުވީ، މިއަދަކީ މިގައުމަށާއި އޭނާއަށް އާދުވަހެއް އަދި އާ ފެށުމެއް ކަމަށެވެ. މިއީ ޕޮލިޓިކްސް ކަމަށާއި ރާއްޖެ އަބަދުގެ އަބަދަށް މިނިވަންކަން މަތީ ލެހެއްޓުމަށް އެދޭ ކަމަށްވެސް ޝައިނީ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ، އިންތިހާބީ ރައީސަށް މަރުހަބާ ދަންނަވާ ކަމަށެވެ. އެދެނީ ރާއްޖެއަށް ކުރިއެރުމާއި ހަމަޖެހުން ކަމަށެވެ.

މީގެ އިތުރުން ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްވެސް ވަނީ އިބޫ އަށް މަރުހަބާ ދަންނަވައި ބައްދަލު ކުރައްވާފަ އެވެ. މީގެ އިތުރުން ސަރުކާރުން ވަނީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އިބޫ ރައީސް ކަމުގެ ހުވާ ކުރައްވާނެކަންވެސް އިއުލާން ކުރައްވާފަ އެވެ.