overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިންތިހާބު އިންސާފުވެރި، ފެނިގެން ދިޔައީ ގައުމީ ރޫހެއް: އެޗްއާރްސީއެމް

އިންޔެ ނިމުނު ރިޔާސީ އިންތިހާބުގައި އެއްވެސް މީހެެއްގެ ހައްގަށް ބުރީއަރައި އިންތިހާބުގެ ނަތީޖާއަށް އަސަރުކުރާނެ ފަދަ ކަމެއް ހިނގާފައިނުވާ ކަމަށާއި އިއްޔެ ފެނިގެންދިޔައ ގައުމީ ރޫހެއްގައި ރައްޔިތުން ނުކުމެ ވޯޓު ދިން މަންޒަރު ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށްފަހު މިއަދު ނެރުނު ބަޔާނެއް އެޗްއާރްސީއެމުން ބުނީ، އިއްޔެ މުޅި ރާއްޖޭގައި ވޯޓު ލުން ކުރިއަށްދިޔައިރު، ވޯޓުލުމުގެ ކަންކަން ހިނގަމުންދިޔަގޮތް ބެލުމަށް ފަނަރަ ސަރަހައްދެއްގައި އެ ކޮމިޝަންގެ އޮފިޝަލުން ހަރަކާތްތެރިވި ކަމަށެވެ. އެއްވެސް މީހަކަށް ގެއްލުންވާ ވަރުގެ ހަމަނުޖެހުމެއް، ވޯޓު ލުމުގެ ހައްގުން އެއްވެސް މީހަކު މަހުރޫމްވާފަދަ ގާނޫނާ ހިލާފުކަމެއް މި އޮބްޒަވޭޝަންތަކުން ފާހަގަވެފައި ނުވާ ކަމަށް ވެސް ބުންޏެވެ.

އެވްއާރްސީއެމްގެ ބަޔާނުގައި ބުނީ، އިއްޔެ ވޯޓުލުން ކުރިއަށްދިޔައިރު ދިވެހި ރައްޔިތުންގެ ފަރާތުން ފެނިގެންދިޔައީ، ކެތްތެރިކަމާއި އެއްބައިވަންތަކަމާއެކު ގައުމީ ރޫހެއްގައި މަސައްކަތްކުރަމުންދިޔަ މަންޒަރު ކަމަށެވެ. އެހެންކަމުން އިއްޔެގެ ރިޔާސީ އިންތިހާބަކީ މިނިވަން، އިންސާފުވެރި އިންތިހާބެއްގެ ގޮތުގައި އެޗްއާރްސީއެމުން ބަލައިގެންފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

"އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް ކުރިއަށް އޮތްތަނުގައިވެސް ގައުމުގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް މި ކޮމިޝަނުން އިލްތިމާސްކުރަމެވެ.

އިއްޔެ ނިމުނު އިންތިހާބު ސުލްހަވެރި އިންތިހާބަކަށްވީނަމަވެސް، ވޯޓުލުމުގެ ކަންކަން ލަސްވެގެންދިއުމާގުޅިގެން ގިނަ ބަޔަކު ކިޔޫގައި ގިނަ އިރު މަޑުކުރަންޖެހުނު ކަން އެޗްއާރްސީއެމުން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެހެން އަހަރުތަކާ އަޅާ ބަލާއިރު ގިނަ އަދަދެއްގެ މީހުން ވޯޓުލާން ނުކުތްކަން ވެސް ކޮމިޝަންގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

މި އަހަރުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ 89 ޕަސެންޓް މީހުން ވަނީ ވޯޓު މަރުކަޒުތަކަށް ގޮސް ވޯޓުލާފަ އެވެ. މިއީ ރިކޯޑް އަދަދެކެވެ.