overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

މުޅި މައްޗަންގޯޅި އިބޫއަށް، ސިނާންގެ ޝުކުރު

Sep 24, 2018
1

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި، މައްޗަން ގޯޅީގެ ދެކުނުގައި ބެހެއްޓި ހުރިހާ ފޮށިތަކަކުން އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އަށް ފުރިހަމަ އަގުލަބިއްޔަތު ދާއިރާގެ ރައްޔިތުން ހޯދައިދީފައިވާތީ އެ ދާއިރާގެ މެންބަރު އަބްދުﷲ ސިނާން ރައްޔިތުންށް ޝުކުރު އަދާ ކުރައްވައިފި އެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން މައްޗަންގޯޅި ދެކުނުގައި ބެހެއްޓި ހަތަރު ފޮއްޓަށް ވަނީ، 2،737 މީހަކު ވޯޓްލައިފަ އެވެ. އޭގެ ތެރެއިން، 1579 ވޯޓް، 57 މީހުން ވަނީ އިބޫއަށް ތާއީދުކޮށް ވޯޓް ދެއްވައިފަ އެވެ. ސިނާން ވިދާޅުވީ އެކަމުން ސާފުވެގެން ދަނީ މައްޗަންގޯޅީ ރައްޔިތުންގެ އަޑު މަޖިލީހުގެ ތެރޭގައި ކަނޑުވާލާފައި ބާއްވަން އެ ރައްޔިތުން ބޭނުން ނުވާކަން ކަމަށެވެ. އަދި އެއީ ބޭއިންސާފު އަނިޔާ އަށް ދާއިރާގެ ރައްޔިތުން ވަރަށް ފުރިހަމަޔަށް ނޫނެކޭ ބުނިކަން ދައްކުވައިދޭ ކަމެއް ކަމަށް ވެސް ސިނާން ވިދާޅުވި އެވެ.

"މައްޗަންގޯޅި ދެކުނު ދާއިރާގެ ރައްޔިތުން ވޯޓު ފޮށި ފުރާލަދީ އަށް މަސް ދުވަހު ދާއިރާގެ އަޑު ކަނޑުވާލުމުން ރައްޔިތުން މިރޭ ނިކުމެ އިއްވި އަޑު ވަރަށް ސާފު. ދާއިރާގެ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެކަން ބުނެދީފި. ވަރަށް ބޮޑަށް ޝުކުރިއްޔާ،" ފެބުރުއަރީ އެކެއްގެ އަމުރަށް ފަހު ޖަލަށް ލައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ސިނާން ވިދާޅުވި އެވެ.

ވޯޓްގެ ކުރިން ވެސް އިބޫއަށް ތާއީދު ކުރައްވާ ސިނާން ނެރުއްވި މެސެޖެއްގައި ވިދާޅުވީ، ރައީސް ޔާމީންއަށް ތާއީދު ކުރެއްވުނީތީ ރައްޔިތުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ. އެ ގޯސް ރަނގަޅުކުރުމަށް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކޮށްދެއްވުމަށް ސިނާން އާދޭހާ އެކު ދާއިރާގެ ރައްޔިތުންގެ ކިބައިން އެ މެސެޖުގައި އެދިވަޑައިގަތެވެ.