overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

މޯދީ ބައްދަލުކުރަން ދެއްވި ދައުވަތު އިބޫ ގަބޫލުކުރައްވައިފި

އިންޑިއާގެ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، އިއްޔެ ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް، އިބޫއާ ބައްދަލުކުރެއްވުމަށް ދެއްވި ދައުވަތު އިބޫ ގަބޫލުކުރައްވައިފި އެވެ.

ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އިބޫ ވިދާޅުވީ، މިރޭ 7:15 އެހާއިރު މޯދީ ފޯން ކޯލެއް ކުރައްވައި އިންތިހާބުގައި ލިބުނު ކާމިޔާބީއަށް މަރުހަބާ ދަންނަވާފައިވާ ކަމަށެވެ. އަދި އިންޑިއާއަކީ ރާއްޖޭގެ ގާތް ރަހުމަތްތެރިއެއް ކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް އަބަދުވެސް ހެޔޮ އެދޭ ކަމަށް ވިދާޅުވެފައިވާ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ޑިމޮކްރަސީގައި ރާއްޖެކުރާ ދަތުރުގައި އަބަދުވެސް އެހީތެރިކަން ފޯރުކޮށް ދެމުންދާ ކަމަށާއި އިއްޔެގެ އިންތިހާބުގައި ފެނިގެން ދިޔައީ ރައްޔިތުން އަދިވެސް ޑިމޮކްރަސީ އަނބުރާ ރާއްޖެއަށް ގެނައުމަށް ބޭނުންވެފަ ތިބި މަންޒަރު ކަމަށްވެސް މޯދީ ވިދާޅުވެފައިވާ ކަމަށެވެ.

"ގުޅިފައި މިއޮތް ކޯލިޝަންގެ މުހިންމުކަމުގެ ވާހަކަ ވިދާޅުވި، އެކުގައި ގުޅިގެން ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރުމަކީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ޕްރައިމް މިނިސްޓަރު ވިދާޅުވި،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ރާއްޖޭގެ ތަރައްގީއާ ރައްޔިތުންގެ ތަރައްގީއަށް އިންޑިއާއިން އެހީތެރިކަން ދޭނެ ކަން މޯދީ ވިދާޅުވެފައިވާ ކަމަށެވެ.

"އަދި ހަމައެއާއެކު އަަޅުގަނޑަށް ދައުވަތުވެސް އެރުވި ބައްދަލުކުރަން ވީހާވެސް އަވަހަކަށް، އަޅުގަނޑު ދެންނެވިން އަބަދުވެސް އަޅުގަނޑުމެން ދެކެނީ، ރައްޔިތުން ދެކެނީ، އިންޑިއާއަކީ ދިވެހިންގެ އެންމެ ގާތް ރަހުމަތްތެރި ގައުމެއްގެ ގޮތުގައި، މިދޭތެރެއިން ހީނަރުވެފައި އޮތްކަން ޕްރައިމް މިނިސްޓަރުވެސް ވިދާޅުވި، ދެގައުމުގެ ގުޅުމަށް މިދޭތެރެއިން ވަރަށް ބޮޑު ހީނަރުކަމެއް އައިސްފަ އޮތީ، ރަނގަޅުވުމަކީ ވަރަށް އެދިވަޑައިގަންނަ ކަމެއް،"

އިބޫ ވިދާޅުވީ، ރާއްޖެއަކީ އަބަދުވެސް އިންޑިއާގެ އެންމެ އެކުވެރި ގައުމު ކަމަށާއި ޑިމޮކްރަސީ އަނބުރާ ރާއްޖެއަށް ގެނެސް ރާއްޖެ ތަރައްގީ ކުރުމަށް މިކުރާ މަސައްކަތުގައި އިންޑިއާގެ އެހީތެރިކަމާއި ގާތް ރައްޓެހި ހުރިހާ ގައުމެއްގެ އެހީތެރިކަން ބޭނުންވާނެ ކަން ފާހަގަ ކުރައްވާފައިވާނެ ކަމަށެވެ.

"އިންޑިއާއަކީ އަބަދުވެސް އެންމެ ގާތް ރަހުމަތްތެރި ގައުމުގެ ގޮތުގައި ދެކޭނެ ވާހަކަ ވިދާޅުވިން، ހަމައެއާއެކީގައި ޕްރައިމް މިނިސްޓަރު ދެއްވި ދައުވަތު ގަބޫލުކުރެއްވި ވާހަކަ ދެންނެވިން،" އިބޫ ވިދާޅުވި އެވެ.

އިއްޔެގެ އިންތިހާބު އިބޫ ކާމިޔާބުކޮށްފައިވަނީ، މި އަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 262135 މީހުންގެ ތެރެއިން ވޯޓު ލި 89.22 ޕަސެންޓް މީހުންގެ 58 އިންސައްތައާއެކު ޖުމްލަ 134,616 ވޯޓު ކާމިޔާބުކޮށްގެންނެވެ. މި ވޯޓުގައި މިހާރު ވެރިކަމުގައި ހުންނެވި ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ލިބިވަޑައިގެންފައިވަނީ 96،132 ވޯޓެވެ.

އިބޫ އިންތިހާބު ކާމިޔާބު ކުރެއްވުމުން އިންޑިއާ އަދި އެމެރިކާއިން ވެސް ވަނީ މީގެ ކުރިން މަރުހަބާ ދަންނަވާފަ އެވެ.