ހަބަރު

ކޮލަމާފުށިން ހައްޔަރު ކުރި 18 މީހުން ދޫކޮށްލައިފި

ޕީޕީއެމްގެ ޖަގަހަ އަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި ގއ. ކޮލަމާފުށިން ހައްޔަރު 18 މީހުން މިއަދު ދޫކޮށްލައިފި
އެވެ.

ކޮލަމާފުށިން ހައްޔަރު ކުރި މީހުންގެ ވަކީލުންގެ ތެރެއިން އެއް ވަކީލެއް ކަމަށްވާ ނާޒިމް ސައްތާރު ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ބުނީ ކޮލަމާފުށިން ހައްޔަރު ކުރި 18 މީހުން މިއަދު ދޫކޮށްލާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ވިދާޅެއް ނުވެ އެވެ.

ޕީޕީއެމްގެ ޖަގަހަ އާއި ކެމްޕެއިން މުދަލަށް ގެއްލުންދިން ކަމަށް ބުނެ އެ 18 މީހުންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ދައުވާ އެވެ. އެ 18 މީހުންގެ ވަކީލުންގެ ޓީމުގައި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއި ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރައްވާ ވަކީލް އަހުމަދު އަބްދުﷲ އާއި ވަކީލް މޫސާ ސިރާޖާއި މަހުފޫޒު ސައީދާއި ސަފާ ޝަރީފާއި ނާޒިމް އަބްދުލްސައްތާރާއި މުހައްމަދު ފައިސަލް ހިމެނިވަޑައިގަންނަވަ އެވެ.