ހަބަރު

ބަލިވުމުން ވެސް މުއިއްޒު ނެންގެވީ ރައީސް ޔާމީންގެ ފަޅި

Sep 25, 2018
9

މޯލްޑިވިއަން ޑިމޮކްރަޓިކް އެލައިންސް (އެމްޑީއޭ) އިން ވަކިވެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ޕީޕީއެމްއާ ގުޅިވަޑައިގެންފި އެވެ.

ހައުސިން މިނިސްޓަރު ކަމުގައި މުއިއްޒު ހުންނެވި އެމްޑިއޭގެ ސީޓެއްގަ އެވެ. މުއިއްޒު ޕީޕީއެމްއަށް ސޮއިކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އޭނާ ވަނީ އެކަން ހާމަ ކުރައްވާ ޓްވީޓެއް ކުރައްވައިފަ އެވެ.

މުއިއްޒު ކުރެއްވި ޓްވީޓް

މުއިއްޒުގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއަކީ ވެސް އެމްޑީއޭގެ މެންބަރެކެވެ. ނަމަވެސް އޭނާ ޕީޕީއެމްއާ ގުޅުނު ކަމެއް އަދި ސާފެއް ނުވެ އެވެ.

ޕީޕީއެމްގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭ އިން އިއްޔެ ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އީބޫ) އަށް މަރުހަބާ ވިދާޅުވެފަ އެވެ. އިންތިހާބުގެ ދުވަސްވަރު އެމްޑީއޭ އާއި ޕީޕީއެމްއާ މައްސަަލަތަކެއް ޖެހިފައިވާ ކަމަށް ވެސް އަޑު ފެތުރުނެވެ.