overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރިޕޯޓް

އިބޫއާ މެދު އާންމުންގެ އުންމީދުތައް ބަންޑުން ވަނީ

ރާއްޖޭގެ އާ ރައީސެއްގެ ގޮތުގައި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އިންތިހާބުވެގެން ދިއުމާއެކު ގިނަ އަދަދެއްގެ އާންމުން ދަނީ އުފާ ފާޅުކުރަމުންނެވެ. އިބޫ އަކީ މިހާތަނަށް ވަކި ކެންޑިޑޭޓަކަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ހަމަ އެކަނި ރިޔާސީ ކެންޑިޑޭޓަށް ވާއިރު، އިބޫއާ މެދު ރައްޔިތުންގެ އުންމީދުތައް ވެސް ވަރަށް ފޮންޏެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން އާންމުކޮށްފައިވާ ވަގުތީ ނަތީޖާއަށް ބަލާއިރު މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލި 233،877 މީހުންގެ ތެރެއިން 134،616 މީހުން ވަނީ އިބޫ އާ އެކޭ ބުނެފަ އެވެ. މި އެންމެންނަކީ ބަދަލަކަށް ބޭނުންވެ، އަނިޔާވެރިކަމުން ސަލާމަތްވެފައިވާ އަމާން، މިނިވަން މުޖުތަމައެއްގެ އުންމީދުގައި އިބޫއަށް ވޯޓުދިން ރައްޔިތުން އެވެ. އިބޫގެ ސަރުކާރާ މެދު އާންމުން ދެކޭ ހުވަފެންތައް ބައެއް މީހުން އަވަސްއާ މިއަދު ހިއްސާކުރި އެވެ.

އެ ރައްޔިތުން އިބޫގެ ފަރާތުން އެދެނީ، ވަކި ސިޔާސީ ވިސްނުމަކަށް ބުރަވުމެއް ނެތި ހަމަހަމަ ކަމާއެކު ހުރިހާ ރައްޔިތުންނަށް އެއް މިނެއްގައި އިންސާފު ލިބިދޭ އަދުލުގެ ނިޒާމެއް ރާއްޖޭގައި ގާއިމްކޮށްދިނުމެވެ. މުއައްސަސާތައް ސިޔާސީ ނުފޫޒުން އެއްކިބާކޮށްދީ، ބިރުވެރި ކަމެއް ނެތި ހިޔާލާއި ޝުއޫރު ފާޅުކުރެވޭނެ މިނިވަން މާހައުލެއް ގައުމުގައި ފަހިކޮށްދިނުމަށެވެ. އަނިޔާވެރިކަމާއި ނުހައްގު ގޯނާތަކުން އާއިލާތަށް ސަލާމަތްކޮށްދީ އިންސާފަށް އެދިއެދި ތިބި އެތަކެއް އާއިލާއެއްގެ އުންމީދުތައް އަލުން އާކޮށްދިނުމަށެވެ. ފޮނި އުންމީދުގައި ރައްޔިތުން ދިން ފުރުސަތު އަނެއްކާވެސް ސިޔާސީ ހަލަބޮލިކަމާއި ނުތަނަވަސްކަމުގެ ތެރޭގައި ދުއްވާނުލައި ގައުމު އަމާންކަމުގެ އައްސޭރިއަކަށް ގެންގޮސްދިނުމެވެ.

އާ ބަދަލަކާއެކު ކުރިއަށް އޮތް ފަސް އަހަރަށް ގައުމުގެ ހުންގާނަށް އިބޫ ވަޑައިގަންނަވާއިރު ތިޔަ ބޭފުޅުންގެ ޝުއޫރަކީ
ކޮބައިހެއްޔެވެ؟