overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ރައީސް ގެނެސްދެއްވި ތަރައްގީ އެއްބަޔަކަށް ނުފެނުނު: ނިހާން

ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ގެނެސްދެއްވު ތަރައްގީ އެއް ބަޔަކަށް ނުފެނުނު ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވެއްޖެ އެވެ.

ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަމުން ނިހާން ވިދާޅުވީ، ރައީސް ޔާމީނަކީ ރާއްޖޭގެ ގިނަ ބައެއްގެ އުންމީދަށްވެސް ނުގެނެވި ހުރި އަދި ހިޔާލަށްވެސް ނުގެނެވިހުރި ކަންތައްތަކުގައި ހާގީގީ ކުލަޖައްސާ ދެއްވި ކުޅަދާނަ ހިކުމަތު އަމަލީ ލީޑަރެއް ކަމަށެވެ. އެކަނިކުފާނު އެކަނިމާއެކަނި މަސައްކަތް ކުރައްވައިގެން 95،000 އަށްވުރެ ގިނަ ވޯޓް ހޯއްދެވި ކަމަށް ނިހާން ވިދާޅުވި އެވެ.

"ޕާކީ ތިއްބެވި ޕާޓީތަކަށް ގާތްގަނޑަކަށް 25،000 އަދަދާއި ގާތްކުރާ އަދަދަކަށް މީހުން ލިބިގެން ދިޔައީ، މިސާލަކަށް އެމްއާރްއެމް ނަމުގައި މައުމޫން ރެޕްރެޒެންޓް ކުރުމަށްޓަކައި މައުމޫން ރިފޯމް މޫވްމެންޓްގެ ނަމުގައި ހަރަކާތެއް ހިންގި ވަރަށް ރަނގަޅަށް އެކްޓިވްކޮށް، ޖުމްހޫރީ ޕާޓީގެ ނަމުގައި ގާސިމް އިބްރާހިމްގެ ޕާޓީ މިކަން ކުރިއަށް ގެންދެވި، އަދި އަދާލަތް ޕާޓީގެ ނަމުގައި އަދާލާތު ޕާޓީގެ އެންމެ މެންބަރުން ބައިވެރިވެވަޑައިގެންނެވި، އަދި އެމްޑީޕީގެ އިތުރުން ޖަލުގައި އެކިއެކި ސިޔާސީ ކުށްކުށުގައި ގާނޫނީ އަދަބު ލިބެމުންދާ ފަރާތްތަކުގެ އާއިލާތަކާއި އެބޭފުޅުން ގޮވާލުމަށް ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންގެ އަދަދު، ބޮޑުތަނުން ހިމެނިގެންދޭ،"

ނިހާން ވިދާޅުވީ، އެއް ކެނޑިޑޭޓަކު އެންމެ ގިނަ ވޯޓް ހޯއްދެވި އެއް ބޭފުޅަކަށް މިހާރު ވެގެން ގޮސްފައިވަނީ ރައީސް ޔާމީން ކަމަށެވެ. އަދި އެމަނިކުފާނު ނިންމަވާފައިވަނީ އިދިކޮޅު ސިޔާސީ ލީޑަރެއްގެ ގޮތުގައި ހުރެ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށްވެސް ނިހާން ވިދާޅުވި އެވެ.

"ވެރިކަމުގެ ކެމްޕެއިން ތެރޭގައިވެސް ވިދާޅުވި، އެއްވެސް ލީޑަރަކު ރައްޔިތުންނާއެކު ނެތް ވަގުތު ތިމަންނާ [ރައީސް ޔާމީން] ހުރީމޭ، އެމަނިކުފާނަށް ފަސޭހަ މިކަންކަން ހުއްޓާލައްވާފައި ގޭގަ ހުންނަން، އެމަނިފާނު ވަރަށް ބުރަކޮށް މަސައްކަތް ކުރައްވައިގެން ތަރައްގީ ގެެނެސްދީފި، އެތަރައްގީ ރައްޔިތުންގެ ތެރެއިން ބަޔަކަށް ނުފެނުނު، ނަމަވެސް އެރައްޔިތުންގެ މައްޗަށް އެއްވެސް ހިތް ބުރަކަމެއްނެތި، ގޭގައި މަޑުކޮށްލާފަ ހަމަ އެމަނިކުފާނަށް ފުރުސަތު އޮންނާނެ ހަމަ އާއިލާއާއެކު،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ، ނަމަވެސް އެކަންކަން ދޫކޮށްލުމަށްފަހު މަސައްކަތްތަކެއް ކުރައްވަން ނިންމެވީ ކަމަށެވެ. އަދި ވޭތުވެދިޔަ ކުރުމާޒީގެ ތާރީހަށް ބަލާކަމަށްވާނަމަ ރާއްޖެއަށް ގެއްލުމެއް ނުވަތަ ދައްޗެއް ވާން އޮތް ފަހަރެެއްގައި ރައީސް ޔާމީން ފެނިގެންދިޔައީ ވަރަށް ހަލުވި ވިސްނުންފުޅު ތޫނު ބޭފުޅެއްގެ ގޮތުގައި ކަމަށްވެސް ނިހާން ވިދާޅުވި އެވެ.

"ހާއްސަކޮށް ޖީއެމްއާރާއި އެމްޑީޕީގެ ސަރުކާރުގައި ހެދި ޑީލްގައި ކަންތައްވެގެންދިޔަ ގޮތާއެެކުގައި ރައްޔިތުންނަށް ލިބިދާނެ ގެއްލުންތަކުގެ ވާހަކަ ރައްޔިތުންނާއި ހަމައަށް ތިލަ ކުރުމުގައާ އަދި ބައިނަލް އަގުވާމީ ފަރާތްތަކާއި ބައްދަލުކޮށް އެފަރާތްތަކަށް ހާމަކޮށް ދިނުމުގައާ އަދި ޑރ. ވަހީދު [ކުރީގެ ރައީސް]ގެ އެޑްމިނިސްޓްރޭޝަންގެ އެންމެ ބުރަކޮށް އެމަސައްކަތްޕުޅު ކޮށްދެއްވާ އެހީތެރިކަން ފޯރުކޮށް ދެއްވައިގެން ޖީއެމްއާރް އެގްރީމަންޓް ކެންސަލް ކުރެއްވުމުގެ އެންމެ ބުރަ މަސައްކަތްތަކެއް ކޮށްދެއްވީ ރައީސް ޔާމީން،" ނިހާން ވިދާޅުވި އެވެ.

އެ ގޯސް އަލަށް ހަވާލުވާ ސަރުކާރުން ނުހެއްދެވުމަށާއި އެކަން އެގޮތަށް ކުރައްވައިފިނަމަ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ ކުރަން ޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ތިލަ ކޮށްދޭންޖެހޭ ކަންކަން ތިލަކޮށްދެމުން ގެންދާނެ ކަމަށްވެސް ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ، ވެރިކަމާއި ހަވާލުވާ ސަރުކާރުން ގޯހެއް ހަދާނަމަ އެކަންކަން ރައްޔިތުންނާއި ހަމައަށް ތިލަކޮށްދިނުމުގައި ސާބިތުވެ ތިބޭނެ ކަމަށެވެ. އަދި ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދިނުމުގައި ފަސް ނުޖެހޭނެ ކަމަށްވެސް ނިހާން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އިންތިހާބު މިވަނީ ގެއްލިފަ، ދެން ރައްޔިތުންނަށްޓަކައި މަސައްކަތެއް ކޮށްދެވިދާނެ އެންމެ ގާތް ޕްލެޓްފޯމަކީ ރައްޔިތުންގެ މަޖިލީހުގެ ޕްލެޓްފޯމް، 85 ދާއިރާއަށް ޕީޕީއެމުން ވާދަ ކުރާނެ،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ، ޕީޕީއެމް އޮންނާނީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކަމަށެވެ. އަދި ސަރުކާރުގެ ކަންކަން ހަމަ މަގުން ނުދާނަމަ މުޒާހަރާ ކުރަން ޖެހޭ ހާލަތްތަކުގައި މުޒާހަރާ ކުރާނެ ކަމަށެވެ. ނަމަވެސް މުޒާހަރާ ކުރާނީ ގާނޫނީ މިއުގެ ތެރެއިން ނަގަން ޖެހޭ ހުއްދަތައް ނަގައިގެން އަންގާފައި އޮންނަ ސަރަހައްދެއްގައި ކަމަށްވެސް ނިހާން ވިދާޅުވި އެވެ.