ހަބަރު

ހުރިހާ މެންބަރުންނާއެކު މަޖިލީސް ބާއްވަން ނަޝީދު ގޮވާލައިފި

ހުރިހާ މެންބަރުންނާއެކު ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިން ރިޔާސީ އިންތިހާބުގައި ނިންމި ނިންމުމާ އެއްގޮތަށް ކުރިޔަށް ދިޔުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމަކީ ކޮންމެހެން ވެސް ބޭނުންތެރި ކަމެއް ކަމަށެވެ. އަދި އެއީ ސިޔާސީ ހަމަޖެހުމަށް ވެސް ވަރަށް މުހިންމު ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓް

މަޖިލިސް މިހާރު އޮތީ ޗުއްޓީގަ އެވެ. ޖަލްސާތައް އަންނަ މަހު ފަށާނެ އެވެ. އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ މަޖިލީސް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް ވީހާވެސް އަވަހަށް ޖަލްސާތައް ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެމަނިކުފާނު އިއްޔެ ވަނީ މެންބަރުންނާ ބައްދަލު ކުރައްވައިފަ އެވެ.