ވިޔަފާރި

ވެލިގާ ބާޒާރު ފިހާރަ ހިތްގައިމު ބަދަލަކާއެކު އަލުން ހުޅުވައިފި

ހިތްގައިމު ބަދަލަކާއެކު ވެލިގާ ހާޑްވެއާ ބާޒާރު ފިހާރަ، އެހެން ތަނަކަށް ބަދަލުކޮށް އަލުން މިއަދު ހުޅުވައިފި އެވެ.

ވެލާ ހާޑްވެއާ އިން ކުރިން ބާޒާރު މަތީގައި ހިންގި ފިހާރަ ހުޅުވާފައިވަނީ ކަސްޓަމްސް ބިލްޑިން ކައިރީގަ އެވެ. މި ފިހާރާގައި ހާޑްވެއާގެ ހުރިހާ ބާވަތްތަކެއް ނަން ހުސްކޮށް ލިބެން ހުރެ އެވެ.

ރާއްޖޭގައި ހާޑްވެއާގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން ގެންދާ ވެލިގާ ހާޑްވެއާގެ ބާޒާރު މަތީ ފިހާރަ އަލުން ހުޅުވިއިރު، ކުރީ ފިހާރައާ ހިލާފަށް ތަނަވަސް މާހައުލެއް ވަނީ ގާއިމްކޮށްފަ އެވެ. ފިހާރައިގެ އިންޓީރިއާ ފަރުމާކޮށްފައިވަނީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބޭނުންވާ އެއްޗެއް ގަންނަ ފިހާރަތެރެ އަށް ވަދެ ބަލައި ހެދޭ ގޮތަށެވެ.

ވެލިގާ ހާޑްވެއާގެ ޑިރެކްޓަރު އައްބާސް މުހައްމަދު ވިދާޅުވީ ކުރިން ފިހާރައާ ހިލާފަށް މި ފިހާރާގައި ފުރިހަމަވެފައި ބޮޑު ޖާގައެއް ވެސް އޮންނާނެ ކަމަށެވެ.

"މި ފިހާރަ މިހާރު މިވަނީ އިތުރަށް ބޮޑު ކުރެވިފައި. ކުރިން ޖާގާގެ ގޮތުން ކުޑަވީމަ ވަރަށް މަދު އެއްޗެއް މި ގެންގުޅެނީ. މިހާރު އެކަން ވެސް ހައްލެއް ލިބިގެން ދިޔައީ. މިހާރު ވެލިގާގެ އެހެން ފިހާރަ އަކުން ލިބޭނެ ހުރިހާ އެއްޗެއް މިތަނުން ވެސް ކަސްޓަމަރުންނަށް ލިބެން ހުންނާނެ،" އައްބާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެލިގާގެ މި ފިހާރަ ހުޅުވި ސަރަހައްދަކީ ކާޕެންޓްރީތަކާއި ވޯކްޝޮޕްތައް ހުރި ސަރަހައްދަކަށް ވުމުން އެ ފަރާތްތަކަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

ވެލާ ހާޑްވެއާ ބާޒާރު ފިހާރަ ހުޅުވުން

"މި ފިހާރަތަކަށް ވެސް ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ. އަތޮޅުތަކުން އަންނަ ދަތުރުވެރިންނަށްވެސް މާލެ ތެރެއަށް ނުގޮސް ހުރިހާ އެއްޗެއް ގަނެ، ހަމަކޮށް ނިންމާލެވޭނެ،" އައްބާސް ވިދާޅުވި އެވެ.

ވެލިގާއަކީ 2008 ވަނަ އަހަރުން ފެށިގެން ހާޑްވެއާގެ ވިޔަފާރިކުރަމުން އަންނަ ކުންފުންޏެކެވެ. ވެލިގާގެ ފަސް ފިހާރައެއް މިހާރު ހިންގަމުންދެ އެވެ. އެންމެ ފުރަތަމަ ފިހާރަ ހުޅުވީ 2012 ވަނަ އަހަރު އެވެ.