ހަބަރު

އޭސީސީ އަށް މައްސަލަ ވެއްދުމުން މުސާރަ ބޮޑުކުރުމުުގެ މަސައްކަތް އެމްޕީއެލްއިން ހުއްޓާލައިފި

Sep 27, 2018
4

އެމްޕީއެލް މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން އިއްޔެ މަސައްކަތް ކުރިނަމަވެސް، އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެއްދުމުން މުސާރަ ބޮޑު ކުރުމުގެ މަސައްކަތް ހުއްޓާލައިިފި އެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމާއި އެހެން ބައެއް ކަންކަން ނިންމުމަށް، އެ ކުންފުނީގެ ބޯޑުން އިއްޔެ ވަނީ ބައްދަލުކޮށްފަ އެވެ. އަދި އެ ބައްދަލުވުމުގައި މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމުގެ އިތުރުން ހިޔާ މަޝްރޫއުން މުވައްޒަފުން ނަށް ފްލެޓް ދޭ އުސޫލު ކަނޑައަޅަން ވެސް
ނިންމާފައިވެ އެވެ.

އެނިގައިވާ ގޮތުގައި އެ ކުންފުނީގެ ބޯޑުން ނިންމަން މަސައްކަތް ކުރީ އެމްޕީއެމް މުވައްޒަފުންގެ މުސާރަ އެވްރެޖު ގޮތެއްގައި 1000ރ. އާއި 1500ރ. ގެ ކުރިއެރުމެއް ގެނައުމަށެވެ. އެ ކުންފުނީގައި 2،000 މުވައްޒަފުން މަސައްކަތް ކުރެ
އެވެ.

އެމްޕީއެމް މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން އުޅުނު މައްސަލަ އޭސީސީއަށް ހުށަހަޅާފައިވާއިރު، ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވެ ވަޑައިގަތުމާއެކު، ބައެއް ކުންފުނިތަކާއި އޮފީސްތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން އުޅޭ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް އިންތިހާބީ ރައީސްގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވަނީ
ވިދާޅުވެފަ އެވެ.