overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރިޕޯޓް

އިބޫ ހުވާކުރައްވަންވީ ނޮވެމްބަރު 11ގައި!

Sep 28, 2018
27

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އިންތިހާބު ކާމިޔާބު ކުރެއްވިކަން އިލެކްޝަންސް ކޮމިޝަނުން 24 ވަނަ ދުވަހުގެ ހެނދުނު އިއުލާން ކުރި ވަގުތީ ނަތީޖާއިން ދެއްކުމާ އެކު، އެ ނަތީޖާ ސަރުކާރުން ގަބޫލުކޮށް ފޮރިން މިނިސްޓްރީ އިން އިނގިރޭސި ބަހުން ނެރުނު ބަޔާނުގައި ބުނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވެރިކަމުގެ ހުވާ ކުރައްވާނީ ނޮވެމްބަރު 17 ވަނަ ދުވަހު ކަމަށެވެ.

އެހެން ނަމަވެސް، 1968 އިން ފެށިގެން ރިއާސީ ދައުރު ފެށި، އިންތިހާބީ ރައީސް ހުވާ ކުރައްވަނީ، ނޮވެމްބަރު 11 ގަ އެވެ. އެއީ ތާރީހީ ޖުމްހޫރީ ދުވަހެވެ. މިއަހަރުގެ ޖުމްހޫރީ ދުވަސް އަދި އެއަށް ވުރެވެސް ތާރީހީ ވަނީ މިއީ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރޭ އަހަރަށް ވާތީ އެވެ.

ނަމަވެސް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލްކޮށް އަލުން އިންތިހާބު ބާއްވަން ޖެހުމުން ނޮވެމްބަރު 11 ވަނަ ދުވަހަށް އާ ރައީސްއެއް އިންތިހާބު ކުރެވޭ ގޮތެއް ނުވެ ގާނޫނީ ހުސްކަމެއްގެ ތެރެއަށް ދިޔަ އެވެ. އެ ހުސްކަމަށް ސުޕްރީމް ކޯޓްގެ ހުކުމަކުން ހައްލު ހޯދައިދިނީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގެ ދައުރު، އާ ރައީސްއެއް ހުވާކުރެވެންދެން ދެމިގެންދާ ގޮތަށެވެ. އިންތިހާބުގެ ދެވަނަ ބުރު ނިމި، ރައީސް އަބްދުﷲ ޔާމީންއަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުނީ ނޮވެމްބަރު 17 ވަނަ ދުވަހު އެވެ. ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ދައުރު ނިމުމަކަށް އައިސް، އިންތިހާބީ ރައީސް އިބޫ ވެރިކަމުގެ ހުވާ ކުރައްވާނީ 17 ނޮވެމްބަރުގައި ކަމަށް ސަރުކާރުގެ ބޭފުޅުން ވިދާޅުވަމުން އަންނަނީ އެކަން ހުއްޖަތަކަށް ނަގައިގެން އެވެ.

ރާއްޖޭގެ ޖުމްހޫރިއްޔަތަށް މި ނޮވެމްބަރު 11 އަަށް 50 އަހަރު ފުރޭ އިރު އެ ދުވަހުގެ ޝަރަފުގައި އިންތިހާބީ ރައީސް އިބޫ ހުވާ ކުރެއްވުމަށް ޖާގަ ދިނުމަށް ރައީސް އަބްދުﷲ ޔާމީން އާއި މި ސަރުކާރަށް ގޮވާލާ އަޑުތައް މި ވަނީ ގަދަވާން ފަށައިފަ އެވެ. އެގޮތުން 2013 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންއިރު އިލެކްޝަންސް ކޮމިޝަން، އީސީގެ ރައީސްއަކަށް ހުންނެވި ފުއާދު ތައުފީގު ވިދާޅުވަނީ، ރަސްމީ ނަތީޖާ އިއުލާންކޮށް އީސީއިން އޭރު ނެރުނު އިއުލާނުގައި ވެސް ބުނެފައި ވާނީ، ނޮވެމްބަރު 11 ވަނަ ދުވަހު ފެށުނު ރިޔާސީ ދައުރަށް، ރައީސުލްޖުމްހޫރިއްޔާ ކަމަށް އަބްދުﷲ ޔާމީން އިންތިހާބުވެ ވަޑައިގަތް ވާހަކަ ކަމަށެވެ. އެގޮތަށް ދާއިމީ ނަތީޖާ އިއުލާން ކުރީ ވެރިކަމުގެ އާ ދައުރެއް ފެށޭ ދުވަހަކީ ނޮވެމްބަރު 11 ކަމަށް ސުޕްރީމް ކޯޓްގެ ހުކުމް އެނގެން އޮތުމުންނާއި އެ ފަހަރު ސުޕްރީމް ކޯޓުން ހައްލު ހޯދައިދިނީ ހާއްސަ ހާލަތަކަށް ކަމަށް ވާތީ އެވެ. އަދި އެ ހާލަތުގައިވެސް ސުޕްރީމް ކޯޓުން ކަނޑައަޅާފައި އޮތީ އޭރު ހުރި ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގެ ބާރުތައް އާ ރައީސް ހުވާ ކުރައްވަންދެން ދެމިގެންދާ ގޮތަށެވެ. ރިޔާސީ ދައުރު ފެށޭނެ ތާރީހަކީ ނޮވެމްބަރު 11 ކަމަށް އެ ހުކުމުގައި ސާފުކޮށް އޮތީ ކަނޑައަޅައިފަ އެވެ.


އެ ބަހުސް ފެށުމާ އެކު ރިޔާސީ ދައުރު ހަމަވި ނަމަވެސް ވެރިކަމުގައި ހުންނަވަން ފުރުސަތު ލިބިވަޑައިގަތް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ރައީސް އަބްދުﷲ ޔާމީންއަށް ގޮވާލެއްވީ ނޮވެމްބަރު 11 ވަނަ ދުވަހު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ކަންކަން ފަހިކޮށްދެއްވުމަށެވެ. އަދި 2013 ވަނަ އަހަރު، އާ ރައީސް ނޮވެމްބަރު 11 އަށް ހުވާ ނުކުރެއްވުނީ ދިމާވި ހާއްސަ ހާލަތެއްގެ ސަބަބުން ކަމަށް ދެކިވަަޑައިގަންނަވާ ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ. އެހެންކަމުން ޑރ. ވަހީދު އާދޭހާ އެކު އެދިވަޑައިގަންނަވަނީ ނޮވެމްބަރު 11 ގައި ހުވާ ކުރެއްވުމުގެ ފުރުސަތު އިބޫއަށް ދެއްވުމަށެވެ.

"މިއަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަކީ ރާއްޖޭގެ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރޭ ދުވަސް. އެހެން ކަމުން ރައީސް ޔާމީންގެ ހެޔޮފުޅުކަން ދައްކުވައިދީ އެދުވަހު އިބޫ، ރައީސްކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ކަންކަން ފަހިކޮށްދެއްވާ،" ރައީސް ވަހީދު އެދިވަޑައިގެންނެވި އެވެ.

ޖުމްހޫރީ ޕާޓީގެ އެއް ނައިބު ލީޑަރު، ޑރ. އަބްދުﷲ މައުސޫމް ވެސް ވަނީ އިންތިހާބީ ރައީސް އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ނޮވެމްބަރު 11 ގައި ބާއްވަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޖުމްހޫރިއްޔަތަށް 50 އަހަރު ފުރޭ މުނާސަބާ އެންމެ ފުރިހަމަ ގޮތުގައި ފާހަގަ ކުރެވޭނީ ކުރިއެކޭ ވެސް އެއްގޮތަށް އިންތިހާބީ ރައީސްއަށް ހުވާކުރެއްވުމުގެ ޝަރަފު ލިބިގެން އެވެ. އެއީ ގައުމިއްޔަތުގެ ނިންމުމަކަށް ވާން ޖެހޭ ކަމަށް މައުސޫމް ވިދާޅުވި އެވެ.

މި ގޮވާލުންތައް އެތައް ބަޔަކު މި ވަނީ ތަކުރާރު ކުރަން ފަށައިފަ އެވެ. އެތައް ބައެއްގެ ޝުއޫރަކީ ޖުމްހޫރީ 50 ތާރީހީ ދުވަހެއްގެ ގޮތުގައި ފާހަގަ ކުރުމަށް ފުރުސަތު ލިބުމެވެ. އެކަމަކު ސުވާލަކީ ރައީސް އަބްދުﷲ ޔާމީން ގޮތް ދޫކުރައްވާ ރައްޔިތުންގެ ގޮވާލުމަށް އިޖާބަ ދެއްވާނެ ހެއްޔެވެ؟ ނޫނީ ނޮވެމްބަރު 17 އާ ހަމަޔަށް ރައީސް ޔާމީން ވެރިކަމުގެ ހުންނަވާނީ ހެއްޔެވެ؟