overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ނަތީޖާ އިއުލާން ކުރުން ފަސް ކުރަން ކޯޓަކަށް ނުދަން: ނިހާން

Sep 28, 2018
5

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ކޯޓަށް މައްސަލައެއް ވައްދާފައި ނުވާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިލެކްޝަން ކޮމިޝަން (އީސީ) އިން މާދަމާ އިއުލާން ކުރަން ނިންމާފައި ވަނިކޮށް ޕީޕީއެމް އިން އެކަން ފަސް ކުރަން އެދި ކޯޓަށް މައްސަލައެއް ވައްދާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ވަނީ އަޑު ފެތުރިފަ އެވެ.

ނަމަވެސް ނިހާން "އަވަސް"އަށް ކަށަވަރުކޮށްދެއްވި ގޮތުގައި އެފަދަ އެއްވެސް މައްސަލައެއް ޕީޕީއެމް އިން ހުށަހަޅާފައި ނުވެ އެވެ. ނިހާން ވިދާޅުވީ މިދަނޑިވަޅުގައި އެފަދަ ކަމެއް ޕީޕީއެމް އިން ކުރަން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށާއި ޕީޕީއެމް އިން މިހާތަނަށްކޮށްފައިވާނެ ކަމަކީ ވެސް އެ ޕާޓީގެ އާންމު މެންބަރުން ހުށަހަޅާ ޝަކުވާތައް ބަލައިގަތުމުގެ މަސައްކަތް ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީއިން އިންތިހާބުގެ ނަތީޖާ ފަސް ކުރަން އެއްވެސް ކޯޓަކަށް ހުށަޅާފައެއް ނުވާނެ، މިއީ ނުބައި ހައިޕްއެއް ކްރިއޭޓު ކުރަން ބަޔަކު މީހުން ދައްކާ ވާހަކަތަކެއް،" ނިހާން ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އީސީގެ މެންބަރުންގެ އިއްތިހާގުން ރޭ ވަނީ އެންޑޯޒްކޮށްފަ އެވެ. އެ ކޮމިޝަންގެ ބައެއް މެންބަރުން ވަނީ ސޯޝަލް މީޑިއާގައި އެ ނަތީޖާ ބަލައިގަންނަ ކަމަށާއި ވަގުތީ ނަތީޖާއަށް ވުރެ މާ ބޮޑު ތަފާތެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން އީސީ އިން މާދަމާ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ ތަފްސީލް ހާމަ ކުރާނެ އެވެ.

އީސީގެ އިތުރުން ސަލާމަތީ ބާރުތަކުން ވެސް ވަނީ ވަގުތީ ނަތީޖާ ބަލައިގަނެ ރައްޔިތުން ނިންމި ނިންމުން ދަމަހައްޓާނެ ކަމަށް ބުނެފަ އެވެ.