overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރިޕޯޓް

ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ކަން ހިނގާނީ ކިހިނެއް؟

ނިމިގެން މިދިޔަ ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިލެކްޝަން ކޮމިޝަން (އީސީ) އިން އިއްޔެ ވަނީ އާންމުކޮށްފަ އެވެ. ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާ ކަމަށް ދެން އަންނާނީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކަމަށް އެ ކޮމިޝަނުން ވަނީ އިއުލާންކޮށްފަ އެވެ. ދެން އޮންނާނީ ނޮވެމްބަރު 17 ގައި އެމަނިކުފާނު ހުވާ ކުރެއްވުމެވެ. އެ ދުވަހާ ހަމަޔަށް މިއޮތް 48 ދުވަހުގެ އިންތިގާލީ މަރުހަލާގެ ތެރޭގައި އާ ސަރުކާރު އެކުލަވާލުމުގެ ކަންތައްތައް ހާއްސަ ތަރުތީބަކުން ކުރިއަށް ގެންދަން ޖެހެ އެވެ.

ގާނޫނު ނަމްބަރު 5/2010 އަކީ މިހާރު މި ހިނގާ ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އަމަލު ކުރަން ޖެހޭ ގޮތްތައް ބަޔާން ކުރާ ގާނޫނެވެ. އެ ގާނޫނުގައިވާ ގޮތުގެ މަތިން މި މަރުހަލާގެ ތެރޭގައި ސިވިލް ސާވިސް ކޮމިޝަންގެ ތެރެއިން އިންތިހާބީ ރައީސް އެދިވަޑައިގަންނަވާ ބޭފުޅަކު ޑިރެކްޓާ ޖެނަރަލް އޮފް ޓްރާންސިޝަންގެ މަގާމަށް އައްޔަން ކުރަން ޖެހެ އެވެ. އަދި އިންތިހާބީ ރައީސް އާއި ނައިބު ރައީސް އެދިވަޑައިގެންފި ނަމަ އެބޭފުޅުންގެ މަސައްކަތްތަކަށް ބޭނުންވާނެ ހަރަދުތަކާއި ހިދުމަތްތައް އޭނާ ފޯރުކޮށްދިނުމުގެ ހުރިހާ މަސައްކަތެއް ކުރަން ޖެހެ އެވެ.

އިބޫ އާއި ފައިސަލްއަށް ދޭން ޖެހޭ އިނާޔަތްތަކާއި ހިދުމަތްތައް

  • ރައިސުލްޖުމްހޫރިއްޔާއެއް ބޭނުން ކުރުމަށް އެކަށީގެންވާ އޮފީހެއް
  • އެ އޮފީހަށް ބޭނުންވާ މުއައްޒަފުންނާއި އެ މުއައްޒަފުންނަށް ދޭން ޖެހޭ މުސާރައާއި އިނާޔަތް
  • ފަންނީ މާހިރުންނާއި ޖަމާއަތްތަކުގެ ފުރިހަމަ އެހީތެރިކަން
  • ކެއުން ބުއިމާއި ދިރިއުޅުމަށް އެކަށީގެންވާ ތަނެއް
  • މުއާސަލާތާއި ލިޔެކިޔުމަށް ބޭނުންވާ ހަރަދު
  • ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ސަލާމަތާއި ރައްކާތެރިކަމާ އެއް ފެންވަރުގެ ސަލާމަތާއި ރައްކާތެރިކަން

ޑިރެކްޓާ ޖެނަރަލް އޮފް ޓްރާންސިޝަންއެއް އައްޔަން ކުރުމާ ބެހޭ ގޮތުން "އަވަސް"އަށް މައުލޫމާތު ދެއްވަމުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ އެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގެ މަސައްކަތް ފަށައިގެން ކުރިޔަށްދާ ކަމަށާއި ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. އަދި ވަރަށް އަވަހަށް އެ މަގާމަށް ބޭފުޅަކު ހަމަޖެހިގެން އެކަން އިއުލާން ކުރައްވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"އިލެކްޝަން ކޮމިޝަން އިން ދާއިމީ ނަތީޖާ އިއުލާން ކުރެއްވީ އަދި މިއަދު، އަޅުގަނޑުމެން މިހާރު ވެސް ވާން ޖެހޭ ތައްޔާރީތައް ވަރަށް ބާރަށް ވަމުން މިގެންދަނީ، އަދި މަޝްވަރާތައް ފުރިހަމަވެފައި ނުވާތީ ވަކި ބޭފުޅެކޭ ބުނަން އުނދަގޫ، އެކަމަކު ހުރިހާ ކަމެއް ހަމަޖެހި ވަރަށް އަވަހަށް އިއުލާން ކުރާނަން،" ޝަމީމް ވިދާޅުވި އެވެ.

އިބޫ އާއި ފައިސަލްއަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކާއި އިނާޔަތްތަކަށް ގާނޫނުގެ ދަށުން ހޭދަ ކުރަން ޖެހޭނީ ގިނަ ވެގެންއެއް މިލިއަން ރުފިޔާ އެވެ. މި އަހަރުގެ ބަޖެޓު އެކުލަވާލި އިރު ފިނޭންސް މިނިސްޓަރު އެކަމަށް ހާއްސަކޮށް އެ ފައިސާ ބަޖެޓުގައި ހިމަނާފައި ހުންނަން ޖެހެ އެވެ. އެ ފައިސާ ބަޖެޓްގެ ތެރެއިން ހުސްކުރަން ޖެހެ އެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ގެންދަން ހާއްސަ ކޮމިޓީތައް އެކުލަވާލާ މަސައްކަތް ފަށަން ޖެހެ އެވެ. ކުރިއަށް އޮތްތަނުގައި އެ ކަންކަން ނިއުޅިގެން އަންނަތަން ފެންނާނެ އެވެ.