overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިންތިހާބީ ރައީސްއަށް މަރުހަބާ! އެއްބާރުލުން ދޭނަން: ސަލާމަތީ ބާރުތައް

Sep 29, 2018
12

މިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އެމަނިކުފާނުގެ ރަނިން މޭޓް ފައިސަލް ނަސީމް ހިންގަވާ އާ ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ސަލާމަތީ ބާރުތަކުން ދީފި އެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ އިލެކްޝަން ކޮމިޝަން އިން މިއަދު ދާއިމީ ނަތީޖާ އިއުލާން ކުރައްވާފައިވާ އިރު އިންތިހާބު ކާމިޔާބު ކުރެއްވި އިބޫ އާއި ފައިސަލްއަށް މަރުހަބާ އާއި ތަހުނިޔާ ދަންނަވާ ކަމަށެވެ. އަދި ރައްޔިތުންގެ އެ ނިންމުމަށް އިހުތިރާމްކޮށް އެ ނިންމުން ދަމްހައްޓާ އެއްބާރުލުން ދޭނެ ކަމަށް ޝިފާން ވިދާޅުވި އެވެ.

"ރައްޔިތުންގެ ނިންމުން ބަލައިގަނެ އެ ނިންމުމަށް އިހުތިރާމްކޮށް، އެ ނިންމުން ގާއިމް ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ތަރުތީބުން ކުރިޔަށް ގެންދާނަން،" ޝިފާން ވިދާޅުވި އެވެ.

ސިފައިންގެ ފަރާތުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސާ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ރިޔަސީ އިންތިހާބުގެ ތެރޭގައި ރައްޔިތުން ދައްކުވާ ދިނީ ސުލްހަވެރިކަމާއި އަމާންކަން ކަމަށާއި ހަމައެގޮތަށް މި އިންތިގާލީ މަރުހަލާގެ ތެރޭގައި ވެސް އަމާންކަމާއެކު ކުރިޔަށް ދިޔުމަށް އިލްތިމާސް ކުރާ ކަމަށެވެ.

"ސިފައިން އަބަދުވެސް ދެމި ތިބޭނީ ގައުމީ މަސްލަހަތު އިސްކޮށް، ރައްޔިތުންނަށް ހިދުމަތް ކުރުމުގައި، އަޅުގަނޑުމެން އެދެނީ ގައުމުގެ އަމާންކަމާއި މަސްލަހަތު، ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއެކު ކުރިޔަށްދާން،" އާޒިމް ވިދާޅުވި އެވެ.

މިއަދު އިލެކްޝަން ކޮމިޝަނުން އިއުލާންކުރި ރަސްމީ ނަތީޖާގައިވާ ގޮތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އެއީ ވޯޓުގެ 41.60 ޕަސެންޓެވެ. އިބޫއަށް ލިބިވަޑައިގަތީ 134،705 ވޯޓެވެ. އެއީ ވޯޓުގެ 58.40 ޕަސެންޓެވެ.