ވިޔަފާރި

އެސްޓީއޯއިން ޕެޓްރޯލާއި ޑީސަލްގެ އަގުބޮޑުކޮށްފި

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.

އެ ކުންފުނިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ޑީސަލް އަދި ޕެޓްރޯލުން ލީޓަރަކުން 20 ލާރި މިއަދުން ފެށިގެން ބޮޑުވާނެ ކަމަށެވެ. އެހެންކަމުން، ޕެޓްރޯލް ލީޓަރެއް ދެން ވިއްކާނީ، 10.97 ރުފިޔާ އަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާނީ، 11.43 ރުފިޔާއަށެވެ.

އެންމެ ގިނައިން ރާއްޖެއަށް ތެޔޮ އެތެރެ ކުރާ ކުންފުނި، އެސްޓީއޯއިން ބުނި ގޮތުގައި އެ ބަދަލު ގެންނަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެފައި ވާތީ ކަމަށެވެ.