ބޮލީވުޑް

އާމިރް ޚާންގެ ގެއަށް އާލިއާ ދާތާ ދެ ދުވަސް!

ކުޅަދާނަ އެކްޓަރު އަމީރް ޚާންގެ ގެއަށް އާލިއާ ބަޓް ވަދެނިކުމެވާ މަންޒަރު ފެނުން އާންމުވެއްޖެ އެވެ.

ޖެހިޖެހިގެން ދެ ދުވަހެއްގެ މަތިން އާލިއާ އެ ގެއަށް ވަދެނިކުމެވާ މަންޒަރު ފެނިފައިވާ ކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެ އެވެ. އާލިއާ އެ ގެއަށް ވަދެނިކުމެވާ މަންޒަރުތައް ފެންނަ ފޮޓޯތައް ވެސް އަންނަނީ ދައުރުވަމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން އާލިއާ އުޅެނީ އާމިރްއާއެކު ފިލްމެއް ކުޅުމަށް ސޮއިކުރާށެވެ.

އާލިއާއާއެކު ޑައިރެކްޓަރު އަޔަން މުކަރްޖީ ވެސް އެ ގެއަށް ވަންނަ މަންޒަރު ވަނީ ފެނިފައި އެވެ. އަޔަންއަކީ އާލިއާ މިހާރު ޝޫޓުކޮށްފައިވާ ފިލްމު "ބްރަހަމަސްތުރާ" ގެ ޑައިރެކްޓަރުވެސްމެ އެވެ.

އާލިއާ ބަޓްއަށް މި އަހަރު ގިނަ ފިލްމުތަކަކުން ފުރުސަތު ލިބުނެވެ. އޭގެ ތެރޭގައި ކަރަން ޖޯހަރްގެ ފިލްމު "ތަޚްތު" އާއި އޭނާގެ ބައްޕަގެ ފިލްމު "ސަޅަކް 2" ހިމެނެ އެވެ. އަދި މިހާރު ޝޫޓިން ނިމިފައިވާ ދެ ފިލްމު ކަމުގައިވާ "ބްރަހަމަސްތުރާ" އާއި "ގުލީ ބޯއީ" ހިމެނެ އެވެ.