އެމެރިކާގެ ސެކެޓަރީ އޮފް ސްޓޭޓް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް މަރުހަބާ ދަންނަވައިފިއެވެ.
އެމެރިކާގެ ސެކެޓަރީ އޮފް ސްޓޭޓް މިސްޓާ މައިކަލް ޕޮމްޕޭ މިއަދު ހަވީރު ފޯނުން އިބޫއާ ގުޅުއްވައި ވަނީ މަޝްވަރާކުރައްވާފަ އެވެ.
އެގޮތުން ރިޔާސީ އިންތިހާބާއި ބާރުތައް ބަދަލުވުމުގެ މަރުހަލާއާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. މި ފެށޭ ރިޔާސީ ދައުރުގައި ރާއްޖެއަށް އެކިއެކި ދާއިރާތަކަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައި ސެކެޓަރީ
ޕޮމްޕް މިއަދު ވިދާޅުވިއެވެ.
މީގެކުރިން ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ވެސް އިބޫއަށް މަރުހަބާ ދަންނަވައިފަ އެވެ.
ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިން ވެސް އިބޫއަށް ގުޅުއްވައި މަރުހަބާ ވިދާޅުވަމުންދާއިރު އިބޫ ވަނީ އެކި ގައުމުތަކުގެ ވެރިންނަށް ރާއްޖެއަށް ވަޑައިގަތުމަށް ދައުވަތު ވެސް ދެއްވާފަ އެވެ.