overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
އެމެރިކާ

ހުރިހާ ޕާޓީތަކުން ނަތީޖާއަށް އިހްތިރާމް ކުރަން އެމެރިކާއިން ގޮވާލައިފި

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމި ނިންމުމަށް ހުރިހާ ޕާޓީތަކުން ވެސް އިހްތިރާމް ކުރުމަށް އެމެރިކާއިން ގޮވާލައިފި އެވެ.

އެމެރިކާއިން މިހެން ގޮވާލާފައިމިވަނީ އިންތިހާބުގައި އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއާ ވާދަކުރައްވައި ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތް ނާކާމިޔާބީއާއެކު ޕީޕީއެމްއިން ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ކުރަމުން ގެންދާ ދަނޑިވަޅެއްގަ އެވެ.

އެ ތުހުމަތުތައް ޕީޕީއެމްއިން ކުރަން ފެށީ އިންތިހާބުގެ ނަތީޖާ އެ ޕާޓީއިންނާއި ހުދު ރައީސް އަބްދުﷲ ޔާމީން ވެސް ގަބޫލު ކުރެއްވިތާ އެތައް ދުވަހެއް ފަހުންނެވެ. ކޮންމެ ރެޔަކު ޕީޕީއެމް އޮފީސް ކުރިމަތީ މަދު ބަޔަކު މުޒާހަރާކޮށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފާއި އިލެކްޝަން ކޮމިޝަންގެ އެހެން މެންބަރުން ހައްޔަރުކުރުމަށް ގޮވާލަ އެވެ.

އެމެރިކާގެ ސެކެޓަރީ އޮފް ސްޓޭޓް މިސްޓާ މައިކަލް ޕޮމްޕޭ މިއަދު ހަވީރު އިންތިހާބީ ރައީސް އިބޫއާ ފޯނުން ގުޅުއްވުމަށްފަހު ނެރުއްވާފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެތައް ގިނަ ގޮންޖެހުންތަކަކާއެކު ވެސް ގިނަ ބަޔަކު ވޯޓުލާން ނުކުތުމަކީ މަރުހަބާ ކިޔާ ކަމެއް ކަމަށެވެ.

"ވޯޓުގެ ނަތީޖާއިން ބުނެދެނީ ދިވެހިން ބޭނުންވާ ގޮތް، އެކަމަށް ހުރިހާ ޕާޓީތަކުން އިހްތިރާމް ކުރަން ޖެހޭނެ،" ބަޔާނުގައިވެ އެވެ.

އެ ފޯނު ކޯލަށްފަހު އިބޫގެ ފަރާތުން ނެރެއްވާފައިވާ ބަޔާނުގައި ބުނެފައިވަނީ، ރިޔާސީ އިންތިހާބާއި ބާރުތައް ބަދަލުވުމުގެ މަރުހަލާއާ ގުޅޭ ގޮތުން ޕޮމްޕޭއާއެކު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. މި ފެށޭ ރިޔާސީ ދައުރުގައި ރާއްޖެއަށް އެކިއެކި ދާއިރާތަކަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައި ސެކެޓަރީ ޕޮމްޕް މިއަދު ވިދާޅުވި ކަމަށް ބަޔާނުގައިވެ އެވެ.

މީގެކުރިން ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ވެސް އިބޫއަށް މަރުހަބާ ދަންނަވައިފަ އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިން ވެސް އިބޫއަށް ގުޅުއްވައި މަރުހަބާ ވިދާޅުވަމުންދާއިރު އިބޫ ވަނީ އެކި ގައުމުތަކުގެ ވެރިންނަށް ރާއްޖެއަށް ވަޑައިގަތުމަށް ދައުވަތު ވެސް ދެއްވާފަ އެވެ.