overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ގާސިމް އިބްރާހިމް

މާޔޫސްވާން ނުޖެހޭ، ކޯލިޝަން އޮންނާނީ ބަދަހިކޮށް: ގާސިމް

އިންތިހާބީ ރައީިސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމްގެ ޒައާމަތުގައި އެއްވެސް ރައްޔިތަކު މާޔޫސް ނުވާނެ ކަމަށާއި ކޯލިޝަން އޮންނާނީ ވަރުގަދަކަމާއި ބަދަހިކަމާއެކު ކަމަށް ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ތިން އަހަރަށްފަހު މިއަދު ރާއްޖެ ވަޑައިގެން ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދަށް މަރުހަބާ ދެންނެވުމަށްފަހު މީޑިއާއާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އިބޫއަށް އިންތިހާބު ކާމިޔާބުވީ ރައްޔިތުންގެ ގަދަ ހިތްވަރުގެ ސަބަބުން ކަމަށެވެ.

ވެރިކަމަށް ކުރިމަތިލައްވަދާނެ ކަމަށް ލަފާ ކުރެވުނު ކޮންމެ ބޭފުޅަކު ހައްޔަރުކޮށް އަދަބު ދިނުމަކީ އިއްތިފާގެއް ނޫން ކަމަށެވެ. އެއީ ބަޔަކު ރާވައިގެން ހިންގާފައިވާ އަމަލެއް ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ދައުރަކީ ރައްޔިތުންނަށް އަނިޔާވެރިކަން ފެނިގެން ދިޔަ ދައުރެކެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު ރައްޔިތުން ބޭނުންވާ ބޭނުންތައް ބަދަލުވެފައިވާ ކަމަށެވެ.

"މިހާރު ރައްޔިތުން ބޭނުން ވަނީ އިންސާފާއި ހަމަހަމަކަމާއެކު އަމަލު ކުރައްވާނެ ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް އަމަލު ކުރައްވާނެ ބޭފުޅެއް،" ގާސިމް ވިދާޅުވި އެވެ.

"އަހްލާގާއި މާތް ސިފަތައް ހުރި މީހެއްކަން ދިވެހިރާއްޖޭގައި ވެރިކަމުގައި ހުންނަންޖެހޭނީ، ހަޒާނާގެ ކޮންމެ ފައިސާ ފޮއްޗަކީ އެންމެ ރަނގަޅަށް ބޭނުން ކުރައްވާނެ ބޭފުޅެއް، އެހެންވީމަ ކޯލިޝަނުން ނެރެފައިވާ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި ފައިިސަލް ނަސީމަށް ރައްޔިތުން ވޯޓު ދެއްވީ،"

ގާސިމް ވިދާޅުވި ގޮތުގައި އިބޫގެ ޒަމާއަތުގައި ރައްޔިތުން "ޑިސަޕޮއިންޓް" ވާން ނުޖެހޭނެކަން އެއީ ޔަގީން ކަމެކެވެ. އަދި ކޯލިޝަން ވެސް ވަރުގަދަކަމާއި ބިޔަކަމާއެކު ކުރިއަށް ދާނެ ކަމަށެވެ.

"ރައީސް ޔާމީން ވިދާޅުވޭ މިއީ ކޮކްޓެއިލްއެކޭ، ބަލަ ކޮކްޓެއިލް ވެސް ވަރަށް ބައިވަރު ފަހަރު ރަނގަޅު އެއްޗަކަށް ވެސް ވެފައި އެބަހުއްޓޭ، ކޮކްޓެއިލްއަކީ ރަނގަޅު އެއްޗެއްކަން މިއޮތީ ސާބިތުވެފަ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބަކީ ރައްޔިތުން ބަލައިގެންފައިވާ ވަރަށް އޮމާން އިންތިހާބެއް ކަމަށެވެ. އޭގެ ނަތީޖާއަށް ބަދަލު އަންނާނެ ކަމެއް ނެތް ކަމަށެވެ. އެ ބަލައިނުގަނެ ރައީސް ޔާމީން އުޅުއްވި ނަމަވެސް ދެން ކުރެއްވޭނެ ކަމެއް ކަމަށެވެ. އެކަމަކީ ބޭރުގެ ގައުމުތަކުން ވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ.