overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނުރަސްމީ ދަތުރުފުޅެއްގައި އިބޫ ރާއްޖެއިން ބޭރަށް

Oct 7, 2018
8

ނުރަސްމީ ދަތުރުފުޅެއްގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް ނިންމަވައިފި އެވެ.

އެމަނިކުފާނުގެ ތަރުޖަމާނު މާރިޔާ ދީދީ މިއަދު ވިދާޅުވި ގޮތުގައި އަމިއްލަ ދަތުރުފުޅެއްގައި އިބޫ ރާއްޖެއިން ބޭރަށް ވަޑައިގަންނަވަނީ ދެ ދުވަހަށް ކަމަށެވެ. އަންނަ ބުދަ ދުވަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް އިބޫ ވަޑައިގަންނަވާ ގައުމުގެ މައުލޫމާތެއް މާރިޔާ ނުދެއްވަ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ނުރަސްމީ ދަތުރުފުޅެއްގައި އިބޫ އިނގިރޭސިވިލާތަށް ވަޑައިގެންނެވި އެވެ. އެއީ އިބޫގެ ބޭފުޅެއްގެ ގްރެޖުއޭޝަނަށެވެ.

އޭގެއިތުރުން ކެމްޕެއިން ކުރެއްވުމަށް ސިންގަޕޫރަށާއި ސްރީލަންކާއަށް ވަޑައިގެންނެވި އެވެ.

ރައީސް އަބްދުﷲ ޔާމީން ބަލި ކުރައްވައި ރިޔާސީ އިންތިހާބު އިބޫ ކާމިޔާބު ކުރައްވާފައިވާއިރު އެކި ގައުމުތަކުގެ އިސްވެރިން އިބޫއަށް ގެންދަވަނީ މަރުހަބާ ދަންނަވަމުންނެވެ. ގައުމުތަކުގެ މަންދޫބުން ވެސް އިބޫއާ ބައްދަލު ކުރައްވަމުންދާއިރު ބައެއް ގައުމުތަކަށް ވަޑައިގެންނެވުމަށް މިހާރު ވެސް ވަނީ ދައުވަތު ލިބިފަ އެވެ.