overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
އިލެކްޝަންސް ކޮމިޝަން

އިންތިހާބުގެ ދާއިމީ ނަތީޖާ އީސީގެ ވެބްސައިޓްގައި ޝާއިިއުކޮށްފި

Oct 7, 2018
2

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިލެކްޝަން ކޮމިޝަން، އީސީގެ ވެބްސައިޓްގައި މިއަދު ޝާއިއުކޮށްފި އެވެ.

ވެބްސައިޓްގައި ޝާއިއުކޮށްފައިވަނީ ވަކިވަކި ފޮށިތަކުގެ ތަފްސީލީ ނަތީޖާ އެވެ.

ރަސްމީ ނަތީޖާގައިވާ ގޮތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އެއީ ވޯޓުގެ 41.60 ޕަސެންޓެވެ. އިބޫއަށް ލިބިވަޑައިގަތީ 134،705 ވޯޓެވެ. އެއީ ވޯޓުގެ 58.40 ޕަސެންޓެވެ.

ޖުމްލަ 230،757 މީހުން ވޯޓުލާފައިވާއިރު ބާތިލް ވޯޓުގެ ގޮތުގައި 3132 ވޯޓު ގުނާފައިވެ އެވެ. ކުރިން އިލެކްޝަން ކޮމިޝަނުން އިއުލާން ކުރި ވަގުތީ ނަތީޖާ އާއި ރަސްމީ ނަތީޖާއާ ތަފާތު އުޅެނީ 80 ވޯޓުގެ އެވެ. އެ ވޯޓުތަކަށް ބަދަލު އައީ ނަތީޖާ ޝީޓްގައި ވޯޓުގެ އަދަދު ލިޔުމުގައި އަރާފައިވާ އޮޅުންތަކެއްގެ ސަބަބުންނެވެ.