ހަބަރު

ހުދުރަންފުށި ރިސޯޓްގެ ތިން ވޯޓާ ވިލާ އަނދައިފި

Oct 8, 2018
1

މާލެ އަތޮޅު ހުދުރަންފުށި ރިސޯޓްގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި ތިން ވޯޓާ ވިލާގައި އަލިފާން ރޯވެ އެ ތަންތަން ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.

އެ ހާދިސާ ހިނގާފައި ވަނީ ރޭ ދަންވަރު 2:00 އެހާކަންހާއިރު އެވެ. އެންއެންޑީއެފް އިން ބުނީ، ފަޔާ އެންޑް ރެސްކިއުއިން ގޮސް އެ ރިސޯޓްގައި ރޯވެފައިވާ އަލިފާންގަނޑު ނިންވާލެވުނީ ފަތިހު، 4:30 އެހާކަންހާއިރު އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެ އެވެ.

ތިން ވޯޓާ ވިލާގެ އިތުރުން ރިސޯޓްގެ އެހެން ގެސްޓް ރޫމަކަށް ވެސް އެކިވަރުގެ ގެއްލުންވި ކަމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު، އިބްރާހިމް އާޒިމް ވިދާޅުވި އެވެ. އެ ހާދިސާ ހިނގަން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ. މީޑިއާ އޮފިސަރު ވިދާޅުވީ އެ ހާދިސާ ހިނގަން ދިމާވި ސަބަބު ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.