overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
އަހުމަދު ޝަރީފް އާދަމް

ގާނޫނާ ހިލާފު ކަމެއް ނެތް، ސާބިތެއް ނުކުރެވޭނެ: ޝަރީފް

ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށާއި އެހެންކަމުން ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުގައި ސާބިތު ނުކުރެވޭނެ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

އިންތިހާބާ ގުޅިގެން ދުސްތޫރީ މައްސަލައެއް މިއަދު ރައީސް އަބްދުﷲ ޔާމީން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފަ އެވެ. އެ މައްސަލާގެ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް މައްސަލަ ހުށަހެޅީ ހެކިތަކަކާއެކު ކަމަށް ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން ޝަރީފް މިއަދު ވިދާޅުވީ ދުސްތޫރީ މައްސަލައެއްގެ ޝަކުވާ ވާނެ ފަދަ އެއްވެސް ކަމެއް އިންތިހާބުގައި ހިނގާފައިނުވާ ކަމަށެވެ. އިންތިހާބުގެ ކަންހިނގައިދިޔަ ގޮތުގެ ރިޕޯޓްތަކުގައި ވެސް ނަތީޖާއަށް ބަދަލު އަންނަ ފަދަ ކަމެއް ފާހަގަކޮށްފައި ނެތް ކަމަށެވެ.

"މައްސަލާގައި ބަލާނީ ގާނޫނު އަސާސީއާ ހިލާފަށް ކަމެއް ހިނގާފައިވޭތޯ، އެއެއް ސާބިތު ކުރެވޭނެ ކަންކަމެއް ނޫން، އަޅުގަނޑުމެންގެ ގާނޫނީ ޓީމު ވަރަށް ރަނގަޅަށް ތައްޔާރުވެގެން ތިބީ،" ޝަރީފް ވިދާޅުވި އެވެ.

ރައީސް ޔާމީނާއި ޕީޕީއެމްއިން މީގެކުރިން ވަނީ އިންތިހާބުގެ ނަތީޖާ ގަބޫލު ކުރައްވާފަ އެވެ. ނަމަވެސް އިންތިހާބުގެ ދާއިމީ ނަތީޖާ ވެސް އިއުލާން ކުރި ފަހުން އިލެކްޝަން ކޮމިޝަންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް، ނަތީޖާ ގަބޫލުކުރަން ވަނީ ދެކޮޅު ހަދާފަ އެވެ.

އެކަމާ އަޑު އުފުލުމަށް ޕީޕީއެމްގެ އޮފީސް ކުރިމަތީ ސިލްސިލާ މުޒާހަރާތައް ދަނީ ކުރަމުންނެވެ. ނަމަވެސް ބޭރުގެ ޖަމިއްޔާތަކާއި ރާއްޖޭގެ އޮބްޒާވަރުން ވެސް ބުނަމުން ދަނީ ރިޔާސީ އިންތިހާބަކީ އިންސާފުވެރި އިންތިހާބެއް ކަމަށެވެ.