ހަބަރު

މާރަމާރީއާ ކުޑަ ކުދިން މެރުން ވަނީ ފާލުން ނެއްޓިފައި: އިބޫ

ރާއްޖޭގެ އެކި ސަރަހައްދަތަކުގައި މާރަމާރީ ހިންގުމާއި ކުޑަ ކުދިން މަރާލުން ވަަނީ ފާލުން ނެއްޓި ބޮއްސުންލާފައި ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

އިބޫ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ނުރައްކާތެރި މާރަމާރީ އިތުރުވެފައިވާ ކަމަށާއި ކުޑަ ކުދިން މާލޭ މަގުތަކަށް މަރާލުން ފަދަ ކަންކަން ފާލުން ނެއްޓި ބޮއްސުންލާފައިވާ މިންވަރު ދައްކުވާދޭ ކަމަށެވެ. އިރާދަކުރެއްވީއާ އެކުގައި މަސައްކަތްކޮށްގެން ރާއްޖެ އަމާންތަނަކަށް ހައްދަވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

އިބޫ ކުރެއްވި ޓްވީޓް

އިބޫ މިހެން ވިދާޅުވީ މިފަހުން މާލެ އާއި އައްޑޫ ސިޓީގައި ސިލްސިލާ މާރަމާރީތަކެއް ހިނގާ، އެތަށް ޒުވާނަކު ޒަހަމްކޮށްލާފައި ވަނިކޮށެވެ. އޭގެ އިތުރުންް ރޭ ވަނީ 14 އަހަރުގެ ކުޑަ ކުއްޖެއް ގަޔަށް ވަޅި ހަރާ މަރާލައިފަ އެވެ. އަދި ދެ ޒުވާނަކު ވަނީ ސީރިޔަސް ހާލުގައި އެޑްމިޓުކޮށްފަ އެވެ.

އެ މައްސަލާގައި ފުލުހުން އަންނަނީ އެތަށް ބަޔަކު ހައްޔަރުކޮށް މާރަމާރީތައް ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ.