overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިންތިހާބާ ގުޅޭ ގޮތުން ހުށަހަޅާފައި ވަނީ ވަަރަށް ބަލިކަށި ކޭސްއެއް: ރިޔާޒު

ރިޔާސީ އިންތިހާބާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހުށަހަޅުއްވާފައި ވަނީ ވަރަށް ބަލިކަށި މައްސަލައެއް ކަމަށާއި އެއީ ސަޕޯޓަރުން ހިތްހަމަޖައްސާލުމުގެ ބޭނުމުގައި ކަމަށް ޖުމްހޫރީ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

ރިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ހުށަހެޅުއްވި ދުސްތޫރީ މައްސަލައަކީ އެމަނިކުފާނު ވިދާާޅުވެގެން އިލެކްޝަންސް ކޮމިޝަންސްއާ ދިމާލަށް ހަޅޭއްލެވި ކުދިންކޮޅު ހިތްހަމަޖައްސާލުމަށް ހުށަހެޅުއްވި މައްސަލައެއް ކަމަށެވެ. އެއީ ވަރަށް ބަލިކަށި ކޭސްއެއް ކަމަށާއި އެ މައްސަލަ ހުށަހެޅުއްވީ ލޯޔަރުންގެ ލަފަޔާ ދެކޮޅަށް ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ކުރެއްވި ޓްވީޓު

ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ފަރާތުން ވަކީލް މުހައްމަދު ސަލީމް، ރޭނިސް ސަލީމް މިއަދު ވިދާޅުވީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ރައީސް ޔާމީންގެ ސަޕޯޓަރުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން ކަމަށެވެ. އެގޮތުން ސަޕޯޓަރުންގެ ގިނަ ޝަކުވާތަކެއް ހުރުމުން ކަމަށާއި އެ މީހުންގެ ހައްގުގައި ކަމަށް ސަލީމް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ފަރާތުންް ހުށަހެޅި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން ވަނީ ބަލައިގެންފަ އެވެ.

ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާގައިވާ ގޮތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އެއީ ވޯޓުގެ 41.60 ޕަސެންޓެވެ. އިބޫއަށް ލިބިވަޑައިގަތީ 134،705 ވޯޓެވެ. އެއީ ވޯޓުގެ 58.40 ޕަސެންޓެވެ. އެ ނަތީޖާ މިހާރު ވަނީ ވެބްސައިޓްގައި އިއުލާންކޮށް ޕާޓީތަކާ ވެސް ހިއްސާ ވެސް ކޮށްފަ އެވެ.

ޖުމްލަ 230،757 މީހުން ވޯޓުލާފައިވާއިރު ބާތިލް ވޯޓުގެ ގޮތުގައި 3132 ވޯޓު ގުނާފައިވެ އެވެ. ކުރިން އިލެކްޝަން ކޮމިޝަނުން އިއުލާން ކުރި ވަގުތީ ނަތީޖާ އާއި ރަސްމީ ނަތީޖާއާ ތަފާތު އުޅެނީ 80 ވޯޓުގެ އެވެ. އެ ވޯޓުތަކަށް ބަދަލު އައީ ނަތީޖާ ޝީޓްގައި ވޯޓުގެ އަދަދު ލިޔުމުގައި އަރާފައިވާ އޮޅުންތަކެއްގެ ސަބަބުންނެވެ.