overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ވޯޓް ކަރުދާސް ނުބައި ކަމަށް ހެކިބަސް ދޭން މަޖުބޫރު ކުރުވާ މައްސަލައެއް ފުލުހަށް

ރިޔާސީ އިންތިހާބާއި ގުޅިގެން ސުޕުރީމްކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް ދޮގު ހެކިދޭން ބަޔަކު ރިޝްވަތާއި، ބިރުދައްކާ މައްސަލައެއް އެމް7ގެ ފަރާތުން ފުލުހުންނަށް ހުށަހަޅައިފި އެވެ.

"އަވަސް" އަށް މައުލޫމާތު ދެއްވަމުން ރިޔާސީ އިންތިހާބުގެ ވޯޓް ކަރުދާސް ޕްރިންޓ ކުރި އެމް7ގެ އިސްވެރިއަކު ވިދާޅުވީ، މިދިޔަ ހަފްތާއާއި، މިހަފްތާގެ ތެރޭގައި އެމް7ގެ އެކި ލެވެލްގެ މުވައްޒަފުންނަށް ވޯޓް ކަރުދާހާއި ގުޅޭގޮތުން ދޮގު ހެކި ދިނުމަށް ގުޅައި ބޮޑެތި އަދަދު ތަކުން ރިޝްވަތު ދިނުމަށް ފައިސާ ހުށަހަޅަމުންދާ ކަމަށެވެ. އަދި ރިޝްވަތު ހުށަހަޅަނީ އެޑްވާންސަށް ވަކި ވަރެއް ދިނުމަށްފަހު އެބަޔަކު ބުނާ ކަމެއް ކޮށްދިނުމުން ބާކީބައި ދޭ ގޮތަށް ކަމަށާއި، ބައެއް މުވައްޒަފުންނަށް ބިރުވެސް ދައްކަމުންދާ ކަމަށެވެ.

"އެމީހުން ހަމަ ފާޑަކަށް ތުރުތުރު އަޅާފައި އެތިބެނީ. ދިވެހި މުވައްޒަފުންވެސް ބިދޭސި މުވައްޒަފުންވެސް ހިމެނޭ. އެއްވެސް ބޭފުޅަކަށް އަދި އަޅުގަނޑުމެންގެ ޗާޕުކުރި ބޭފުޅަކާ ދިމާނުވެގެން އެ އުޅެނީ. އެ ހުރިހާ ކަމެއް މިހާރު ވާނީ ޕޮލިހަށް ހުށަހަޅާފައި" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން 2008 ވަނަ އަހަރާއި، 2013 ގައި ވޯޓް ކަރުދާހަށް ޙަރަދުކޮށްފައިވާ ކަމަށް ބުނެ ދައުރު ކުރަމުންދާ އަދަދުތަށް ގޯސް ކަމަށާއި، އެފަހަރު ޙަރަދުކޮށްފައި ހުރީ 7 މިލިއަން ރުފިޔާ ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އަދި އެ އިންތިހާބުތަކުގައި ވޯޓް ކަރުދާން ޕްރިންޓް ކުރަން އެހެން ފަރާތަކާއި ހަވާލުކޮށްފައިވަނީ އެމް7 އަށްވުރެ 2 މިލިއަން ރުފިޔާގެ ތަފާތަކުން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ރިޔާސީ އިންތިހާބާއި ގުޅިގެން ޕީޕީއެމްގެ ސަޕޯޓަރުންތަކެއްގެ ކަންބޮޑުވުންތަކެއް ހުރިކަމަށްބުނެ، ރައީސް އަބުދުﷲ ޔާމީންގެ ފަރާތުން ވަނީ ސްޕްރީމްކޯޓަށް ދުސްތޫރީ މައްސަލައެއް ވައްދާފަ އެވެ. އެ މައްސަލަ މިހާރު ސްޕްރީމްކޯޓަށް ބަަލައިގަނެފައިވާ އިރު، އެ މައްސަަލާގައި ކޯޓަށް ވަކާލާތު ކުރުމަށް ވަޑައިގަންނަވަނީ ޖުޑީޝަލް ސާވިސްކޮމިޝަން (ޖޭއެސްސީ)ގައި އިންނަވާ ރައީސުލް ޖުމްހޫރިއްޔާގެ މެމްބަރު ރޭނިސް އަހުމަދު ސަލީމެވެ.