overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިންތިހާބު ބާތިލު ކުރަން ފުލުހުންގެ ދޮގު ރިޕޯޓެއް ނުދޭކަން ޔަގީންކޮށްދީ: ނަޝީދު

ނިމިގެން މިދިޔަ ރިޔާސީ އިންތިހާބު ބާތިލު ކުރަން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ފުލުހުންގެ ދޮގު އިންޓެލިޖަންސް ރިޕޯޓެއް ނުހިމެނޭނެކަން ފުލުހުން ޔަގީންކޮށްދޭން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބު ބާތިލު ކުރުމަށް އުފެއްދި ދޮގު ހެކީގެ ތެރޭގައި ފުލުހުންގެ ދޮގު އިންޓެލިޖަންސް ރިޕޯޓެއް ނުހިމެނޭ ކަމަށް ބުނެ ފުލުހުންގެ ބަޔާނެއް މިވަގުތު ވަރަށް މުހިންމު ކަމަށެވެ. ރައްޔިތުންގެ ނިންމުން ވަނީ ރައީސް ޔާމީން ބަލައިގަންނަވާފައި ކަމަށާއި އެހެންކަމުން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ނޮވެމްބަރު 11 ވަނަ ދުވަހު ހުވާ ކުރައްވަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަަޝީދު ކުރެއްވި ޓްވީޓު

ރިޔާސީ އިންތިހާބާއި ގުޅިގެން ޕީޕީއެމްގެ ސަޕޯޓަރުންތަކެއްގެ ކަންބޮޑުވުންތަކެއް ހުރިކަމަށްބުނެ، ރައީސް އަބުދުﷲ ޔާމީންގެ ފަރާތުން ވަނީ ސްޕްރީމްކޯޓަށް ދުސްތޫރީ މައްސަލައެއް ވައްދާފައިވާ އިރު އެ މައްސަލަ މިހާރު ސްޕްރީމްކޯޓަށް ވަނީ ބަަލައިގަނެފަ އެވެ. އަދި އެ މައްސަަލާގައި ކޯޓަށް ވަކާލާތު ކުރުމަށް ވަޑައިގަންނަވަނީ ޖުޑީޝަލް ސާވިސްކޮމިޝަން (ޖޭއެސްސީ)ގައި އިންނަވާ ރައީސުލް ޖުމްހޫރިއްޔާގެ މެމްބަރު ރޭނިސް އަހުމަދު ސަލީމެވެ. އެ މައްސަލައިގައި އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ޖަވާބު ދާރީވުމަށް ކޯޓުން ވަނީ އީސީއަށް މިހާރު އަންގައިފަ އެވެ.