overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ސުޕްރީމް ކޯޓް

އިންތިހާބާ ގުޅޭ މައްސަލަ އާދިއްތަ ދުވަހަށް ތާވަލުކޮށްފި

ނިމިގެންދިޔަ ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލާގެ ޝަރިއަތް ފެށުން އަންނަ އާދިއްތަ ދުވަހަށް ސުޕްރީމް ކޯޓުން ތާވަލުކޮށްފި އެވެ.

ސުޕްރީމް ކޯޓުގެ ވެބްސައިޓްގައިވާ ގޮތުން އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ދައުވާ ކުރާ އެ މައްސަލަ ތާވަލްކޮށްފައިވަނީ އާދިއްތަ ދުވަހުގެ މެންދުރުފަހުގެ 1:00 އަށެވެ.

މައްސަލާގައި މިއަދު އިބްތިދާއީ އަޑުއެހުން ބާއްވާފައިވާއިރު އަންނަ ހޮނިހިރު ދުވަހަށް ލިޔުމުން ޖަވާބުދާރީވުމަށް އިލެކްޝަން ކޮމިޝަނަށް މިއަދު ސުޕްރީމް ކޯޓުން ވަނީ އަންގާފަ އެވެ.

މީގެ ކުރިން ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ އިންތިހާބުގެ ނަތީޖާ ގަބޫލު ކުރައްވައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލު ކުރައްވައި މަރުހަބާ ވެސް ވިދާޅުވެފަ އެވެ. ނަމަވެސް އޭގެ އެތައް ދުވަހެއް ފަހުން މަގުމައްޗަށް ނިކުމެ ވަޑައިގެން، އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ދޭހަވާ ގޮތަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ތުހުމަތުތަކެއް ކުރެއްވި އެވެ.

ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާގައިވާ ގޮތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އެއީ ވޯޓުގެ 41.60 ޕަސެންޓެވެ. އިބޫއަށް ލިބިވަޑައިގަތީ 134،705 ވޯޓެވެ. އެއީ ވޯޓުގެ 58.40 ޕަސެންޓެވެ. އެ ނަތީޖާ މިހާރު ވަނީ ވެބްސައިޓްގައި އިއުލާންކޮށް ޕާޓީތަކާ ވެސް ހިއްސާ ވެސް ކޮށްފަ އެވެ.

ޖުމްލަ 230،757 މީހުން ވޯޓުލާފައިވާއިރު ބާތިލް ވޯޓުގެ ގޮތުގައި 3132 ވޯޓު ގުނާފައިވެ އެވެ. ކުރިން އިލެކްޝަން ކޮމިޝަނުން އިއުލާން ކުރި ވަގުތީ ނަތީޖާ އާއި ރަސްމީ ނަތީޖާއާ ތަފާތު އުޅެނީ 80 ވޯޓުގެ އެވެ. އެ ވޯޓުތަކަށް ބަދަލު އައީ ނަތީޖާ ޝީޓްގައި ވޯޓުގެ އަދަދު ލިޔުމުގައި އަރާފައިވާ އޮޅުންތަކެއްގެ ސަބަބުންނެވެ.